ސިފައިންގެ ވަޒީފާއަށް އެދުނު މީހުންނާއި އިންޓަވިއުކުރަން މާދަމާ ފަށަނީ

ސިފައިންގެ ވަޒީފާއަށް އެދުނު މީހުންނާއި އިންޓަވިއުކުރަން މާދަމާ ފަށަނީ

Author
މުޙައްމަދު ޝަޒައިމް
09 ޖެނުއަރީ 2021 01:56
0

ސިފައިންގެ ވަޒީފާއަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ބާއްވާ އިންޓަވިއު މާދަމާ ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

އެމްއެންޑިއެފްއިން ބުނެފައިވަނީ 2020 ޑިސެންބަރު މަހުގެ 31 ގެ ނިޔަލަށް ސިފައިންގެ ވަޒީފާއަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް މާލެ ސިޓީގައި ބާއްވާ އިންޓަވިއުތައް އޮންނާނީ 2021 ޖަނަވަރީ މަހުގެ 10 އިން 14 އަށް އަދި 2021 ޖަނަވަރީ މަހުގެ 19 އިން 21 އަށް ސޯޝަލް ސެންޓަރުގެ ސެމިނާ ރޫމުގައިކަމަށެވެ.

ސިފައިންގެ ވަޒީފާއަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް ބާއްވާ އިންޓަވިއުތައް މާދަމާއިން ފެށިގެން މާލެ ސިޓީގެ އިތުރުން އެމްއެންޑީއެފްގެ އޭރިއާތަކުގައި ވެސް ކުރިއަށްދާނެވެ. މިގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އަދި އެމްއެންޑީއެފް ސަދަން އޭރިއާގައި ވެސް މި އިންޓަވިއުތައް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ. ސިފައިންގެ ވަޒީފާއަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތައް، އިންޓަވިއުއަށް އަންނަންޖެހޭ ދުވަހާއި ގަޑި އެމްއެންޑީއެފްގެ ހެޑްކްއޯޓަރޒްއިން އެފަރާތްތަކަށް ދަނީ އަންގަމުންނެވެ.

ސިފައިންގެ ވަޒީފާއަށްއެދި ހުށަހެޅުމުގެ މުއްދަތު، 2021 ޖަނަވަރީ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރެވިފައިވާއިރު، ސިފައިންގެ ވަޒީފާއަށް ވަނުމުގެ އުމުރުފުރާ ބަލާ ތާރީޚު ވަނީ 2021 ފެބުރުވަރީ 04 ވަނަ ދުވަހަށް ބަދަލު ކުރެވިފައެވެ. 2021 ޖަނަވަރީ 01 އިން 31 އަށް ސިފައިންގެ ވަޒީފާތައަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ އިންޓަވިއުތައް ފަހުގެ ތާރީޚެއްގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.