ކެމްބޯޑިއާ ބޯޑަރު ހަމަނުޖެހުންތަކާ އެކު ތައިލެންޑުގެ މަޖިލިސް އުވާލައިފި

ކެމްބޯޑިއާ ބޯޑަރު ހަމަނުޖެހުންތަކާ އެކު ތައިލެންޑުގެ މަޖިލިސް އުވާލައިފި

Author
އަހުމަދު
12 ޑިސެމްބަރ 2025 10:29
0

ކެމްބޯޑިއާއާ ގުޅޭ ބޯޑަރު ސަރަހައްދުގައި ހަފުތާއެއްހާ ދުވަހު ކުރިމަތިލުންތައް ހިނގަމުން ދަނިކޮށް ތައިލެންޑުގެ ބޮޑުވަޒީރު އަނޫޓިން ޗާންވިރަކުލް މިއަދު ގާނޫނު ހަދާ މަޖިލިސް އުވާލައްވައިފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ވިޔަފާރި މަހުޖަނު އަނޫޓިން ވިދާޅުވީ ބޯޑަރު މައްސަލަ ހައްލު ކުރުމަށް ދަތިތައް ކުރިމަތިވެފައިވާ ކަމަށާއި، ސިޔާސީ ބާރު ރައްޔިތުންނަށް އަނބުރާ ދިނުމަށް މަޖިލިސް އުވާލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. މިހާރު 45 އާއި 60 ދުވަހާ ދެމެދު އާންމު އިންތިހާބެއް ބާއްވަން ޖެހޭނެ އެވެ. މިދިޔަ މަހު ދެކުނުގެ ފެންބޮޑުވުމުގެ ހާދިސާ މެނޭޖު ކުރެއްވި ގޮތުން ފާޑުކިޔުން އަމާޒުވެ، އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމުގެ އަޑު ގަދަވުމާ އެކު ބޮޑުވަޒީރު ވަނީ އިންތިހާބު އަވަސް ކުރައްވައިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.