މަސްވެރިންގެ އިހުތިޖާޖު ހުއްޓުވައި ތިން މީހަކާއި ތިން ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މަސްވެރިންގެ އިހުތިޖާޖު ހުއްޓުވައި ތިން މީހަކާއި ތިން ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

Author
އަހުމަދު
11 ޑިސެމްބަރ 2025 07:33
0

މަސްވެރީންގެ ދުވަހާ ދިމާކޮށް ބޮޑުކަންނެލި މަސްވެރިން ކަނޑުމަތީގައި ފެށި އިހުތިޖާޖު ފުލުހުން ހުއްޓުވައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މާލޭގެ އުތުރު ފަރާތު ފަޅު ސަލާމަތީ ބާރުތަކުން ބަންދުކޮށްފައި ވަނިކޮށް، އިހުތިޖާޖުގެ ބައިވެރިން ފަޅަށް ވަންނަން މަސައްކަތްކޮށް، އެ ސަރަހައްދުން ދަތުރުކުރާ އެހެން އުޅަނދުތަކަށް ހުރަސް އެޅި ކަމަށެވެ. އެއް ނަންބަރު ޖެޓީއާ ދިމާލުން މާލެއާއި ދޫނިދޫއާ ދެމެދު ދޯނިތައް ނަގިލި ލައިގެން އިއްޔެ މެންދުރުން ފެށިގެން މުޅި ރޭ ތިބުމުން އެ ސަރަހައްދުން ދަތުރުކުރި ފަރާތްތަކަށް ދަތިތައް ކުރިމަތިވި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަވެ، އެ މީހުންގެ މައުލޫމާތު ޗެކް ކުރުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ދޯނިތަކަށް އެރުމުން މަސްވެރި ޔޫނިއަނުން އެކަމާ ދެކޮޅު ހެދި ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައިގައި ތިން ދޯންޏެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.