"މުޅިފޯ، މުޅިފޯ – ހޭވާ މުޅިފޯ" މިރޭ ހއ.ކެލާގައި

"މުޅިފޯ، މުޅިފޯ – ހޭވާ މުޅިފޯ" މިރޭ ހއ.ކެލާގައި

Author
މުޙައްމަދު ޝަޒައިމް
09 ޖެނުއަރީ 2021 01:45
0

"މުޅިފޯ، މުޅިފޯ – ހޭވާ މުޅިފޯ" ނަމުގައި އިކޮޅު ކޯލިޝަނުން މިރޭ ހއ. ކެލާގައި ޚާއްސަ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

"މުޅިފޯ، މުޅިފޯ – ހޭވާ މުޅިފޯ" މިބަހަކީ ކެލާގެ ސަޤާފީ ކުޅިވަރުތަކުގައި ބަންޖެއްގައި ބޭނުންކުރާ ބަހެކެވެ. މިއީ އޭގެ އެންމެ ފޯރިގަދަވެގެންދާ ވަގުތު ބޭނުންކުރާ ބަހެއްކަމަށް އެރަށުން މައުލޫމާތު ދީފައިވެއެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕް ރަށު ބަންދުގައި ތިބެވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ޖަލްސާތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިހާތަނަށް އެކޯލިޝަނުން ވަނީ ހއ.ބާރަށުގައާއި، ލ. މާވަށާއި، ފުވަށްމުލައް ސިޓީއާއި، ޅ. ނައިފަރާއި، ރ. އަލިފުށ، ހދ.ކުޅުދުއްފުށީގައި ޚާއްސަ ޖަލްސާ ބާއްވާފައެވެ. ކޯވިޑް-19 އަށް ދެމުންދާ ލުއިތަކުގެ ތެރެއިން މާލޭގައި ހަފްލާތަކައި ބައްދަލުވުންތައް ބޭއްވުމަށް ދީފައިވަ ހުއްދައަކާއިއެކު އިދިކޮޅު ކޯލިޝަނުން ވަނީ މާލެ ސިޓީގައި ވިސްނާގެ ނަމުގައި ބޮޑު ޖަލްސާއެއްވެސް ބާއްވާފައެވެ.

މިރޭ ކެލާގައި ބާއްވާ ޖަލްސާއާއި ގުޅޭގޮތުން އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މިޖަލްސާއަކީ ސަރުކާރުން ކެލާގެ ރައްޔިތުންނަށް ވަމުންދާ އިހުމާލާއި، ރާއީސް ޔާމިން ކެލާއަށް ގެނެސްދެއްވި ތަރައްގީއަށް އަދުގެ ސަރުކާރުން ވެފައިވާ އިހުމާލުގެއިތުރުން ކައުންސިލް އިންތިޚާބުގައި ކެލާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ބާއްވާ ޖަލްސާއެއް ކަމަށެވެ.

މިރޭގެ ޖަލްސާގައިވެސް އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވާނީ މާލޭގެ ޕީޕީއެމް އޮފީހުގައި ތިބެގެންނެވެ. ކެލާގައި ޖަލްސާ އޮންނާނީ އެރަށުގެ ޕީޕީއެމްގެ ޖަގަހައިގައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.