ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާ ފުލުހުން ރޫޅާލައިފި

ބޮޑު ކަންނެލި މަސްވެރިންގެ މުޒާހަރާ ފުލުހުން ރޫޅާލައިފި

Author
އަހުމަދު
11 ޑިސެމްބަރ 2025 03:18
0

ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވާލައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ކުރިއަށް ގެންދިޔަ މުޒާހަރާ މިއަދު ހެނދުނު ފުލުހުން ރޫޅާލައިފިއެވެ.

ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުން ފެށި މި މުޒާހަރާގައި 49 ދޯނި ބައިވެރިވިއެވެ. ސަރުކާރުގެ ޖަވާބެއް ނުލިބުމުން މަސްވެރިން މާލޭގެ އެއް ނަންބަރު ޖެޓީއާ ދިމާއަށް މިސްރާބު ޖެހިއެވެ. މުޒާހަރާގައި ބިދޭސީން ބައިވެރިވާ ކަމަށް ބުނެ އިމިގްރޭޝަނާ ގުޅިގެން ފުލުހުން ހަރަކާތް ފެށީ އެ ހިސާބުންނެވެ.

ފުލުހުން ވަނީ ދެ ދޯންޏެއް ދޫނިދޫއަށް ގެންގޮސް، ހަތަރު ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން މުޒާހަރާ އިންތިޒާމުކުރުމުގައި އިސްކޮށް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހިމެނޭހެން ތިން މީހަކު ހައްޔަރުކުރިއެވެ. ފުލުހުން ބުނީ މި މީހުން ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތުގައި ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.