މި އަހަރު ފަތުރުވެރިކަމުގެ ދާއިރާއަށް 3500 އަށް ވުރެ ގިނަ އެނދު އިތުރުކޮށްފި

މި އަހަރު ފަތުރުވެރިކަމުގެ ދާއިރާއަށް 3500 އަށް ވުރެ ގިނަ އެނދު އިތުރުކޮށްފި

Author
އަހުމަދު
11 ޑިސެމްބަރ 2025 11:14
0

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަހަރު ފެށުނުއިރު 63,248 އެނދުގައި ހުރި އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީ  66,795 އެނދަށް އިތުރު ވެއްޖެއެވެ. މީގެ ތެރޭގައި ރިސޯޓުތަކުގެ 44,381 އެނދާއި ގެސްޓް ހައުސްތަކުގެ 16,494 އެނދާއި ހޮޓާތަކުގެ 2,598 އެނދާއި ސަފާރީތަކުގެ 3,322 އެނދު ހިމެނެ އެވެ.

މިވަގުތު 178 ރިސޯޓާއި 954 ގެސްޓް ހައުސް އާއި 168 ސަފާރީ އަދި 16 ހޮޓާ ހިމެނޭ ގޮތަށް ޖުމްލަ 1,315 ޓޫރިސްޓު ފެސިލިޓީއެއް ދަނީ ހިންގަމުންނެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ދެ މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 10.1 އިންސައްތައިގެ ކުރިއެރުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.