ޓީވީއެމްގައި ގިނަ އަހަރުތަކެއް ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ އަހްމަދު ޝަކީބް (ޝަކީއްބެ) ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސައިފި އެވެ.
ޚަބަރުތަކާއި ޕްރޮގްރާމް ހުށަހެޅުމުގައި ހާއްސަ މަޝްހޫރުކަމެއް ހޯދައިފައިވާ ޝަކީއްބެ އެ މަގާމަށް ފުރުސަތު ލިބިވަޑައިގަތީ ކުރީގެ އެމްޑީ އިބްރާހިމް ނަސްރީން މިދިޔަ ނޮވެމްބަރު 29 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ނެވެ. ތައުލީމީ ދާއިރާގައި ވެސް ތަޖުރިބާކާރު ޝަކީއްބެ މި ސަރުކާރުން ޕީއެސްއެމްގެ އެމްޑީ ކަމަށް އައްޔަންކުރި ހަތަރުވަނަ ބޭފުޅާ އެވެ.
މީގެ ކުރިން އެ މަގާމުގައި ހުންނެވީ ނޫސްވެރިޔާ ޒީނާ ޒާހިރާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ސައީދާއި، ހަަމައަށް އައިއިރު ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ނަސްރީން އެވެ.
ކޮމެންޓު ފޮނުވާ