މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިހުތިޖާޖު ކުރަނީ

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިހުތިޖާޖު ކުރަނީ

Author
އަހުމަދު
10 ޑިސެމްބަރ 2025 12:03
0

މި އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން މިއަދު ހެނދުނު 9:30 ގައި ހުޅުމާލެ ކަންނެލި ޖެޓީގައި ސުލްހަވެރި އިހުތިޖާޖެއް ފަށައިފިއެވެ. މި އިހުތިޖާޖުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ 49 އޮޑިފަހަރު ބައިވެރިވެއެވެ.

ޔޫނިއަންގެ ރައީސް ހުސައިން ނަޝީދު ވިދާޅުވީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތައް ފުއްދުމަށް ގޮވައިލަމުން ކޮންމެ އަހަރެއްގެ ޑިސެމްބަރު 10 ގައި މަސްވެރިންގެ ހައްގުގައި ހިޔާލު ފާޅުކުރާ ކަމަށެވެ. މި އިންޑަސްޓްރީގެ ހާލަތު އަހަރަކަށްވުރެ އަހަރެއް ދަށްވަމުން ދާތީ މަސްވެރިން ސަރުކާރަށް ތިން މައިގަނޑު ޑިމާންޑެއް ހުށަހަޅައިފައިވެއެވެ. އެއީ މިފްކޯއަށް ބޮޑު ކަންނެލި ގަންނަން ފެށުމާއި، 80 ރުފިޔާއާއި 100 ރުފިޔާއާ ދެމެދު އެންމެ ދަށް އަގެއް ކަނޑައެޅުމާއި، ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހަދައިދިނުމެވެ.

މަސްވެރިއަކު ބުނީ މި ޑިމާންޑުތަކަކީ ސަރުކާރުން މެނިފެސްޓޯގައި ވައުދުވެފައިވާ ކަންކަން ކަމަށާއި، އެ ކަންކަން ހަގީގަތަކަށް ނުވާހައި ހިނދަކު އިހުތިޖާޖު ހުއްޓާނުލާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.