ފިޔަވަޅުތަކާއިއެކު ޤައުމުގެ ހުރިހާ ކަމެއް ހިނގަންޖެހޭ: އަހުމަދު އަބްދުﷲ

ފިޔަވަޅުތަކާއިއެކު ޤައުމުގެ ހުރިހާ ކަމެއް ހިނގަންޖެހޭ: އަހުމަދު އަބްދުﷲ

Author
މުޙައްމަދު ޝަޒައިމް
09 ޖެނުއަރީ 2021 12:50
0

ޞިއްޚީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމާއިއެކު ޤައުމުގެ ހުރިހާ ކަންކަން ހިނގަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތައް އަޅައި ސްކޫލުތަކާއި، ކޮލެޖް ޔުނިވާސިޓީތަކާއި، އާންމު ގިނަ ޚިދުމަތްތައްތައް ދެމުންދިޔަ ތަންތަން ބަންދު ކުރުމަށްފަހު އަލުން ހުޅުވައި ޚިދުމަތް ފަށާފައިވާއިރު އަހުމަދު ވިދާޅުވީ ފިޔަވަޅު ތަކާއިއެކު ޚިދުމަތްތައް ނުހުއްޓިވި ދެވޭނެ ގޮތަކަށް ޤައުމު ހުޅުވާލުމަކީ ކޮންމެހެންވެސް ބޭނުންތެރި ކަމެއްކަމަށެވެ.

ކޯވިޑް-19 އާއިއެކު ރާއްޖޭގެ ސްުކޫލުތައް 8 މަހެއްހާ ދުވަހު ބަންދު ކުރުމަށް ފަހު މާދަމާ އަލުން ހުޅުވުމަށް ވަނީ ވަނީ ހަމަޖެހިފައެވެ. މެމްބަރު އަހުމަދު ވިދާޅުވީ އެއްވެސް ޚިދުމަތަކަށް ބުރޫނާރާނެހެން ހުރިހާ ޚިދުމަތެއްވެސް މިހާލަތުގައިވެސް ދެވޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ރާއްޖެ ކުރިއަށް ދިއުމަށް ލިބިގެންދާނެ އިތުރު ކުރިއެރުމަކަށް ވެގެންދާނެ ކަމަށެވެ.

ޞިއްޚީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމާއިއެކު ޤައުމުގެ ހުރިހާ ކަންކަން ހިނގަންޖެހޭ. ސްކޫލުތައް ހުޅުވާ އާންމު ޚިދުމަތްތައް ކުރިއަށް ގެންދަންޖެހޭ.

– އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން މާދަމާ ފަށާއިރު ބޭބީ ނާސަރީއާއި ނާސަރީގެ ކުދިންނަށްވެސް ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. ސްކޫލްތަކަށް ދަރިވަރުން ނެރެގެން އަލުން ކިޔަވައިދޭން ފަށާއިރު ކޯވިޑާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަނޑައަޅާފައިވާ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަލުން ސްކޫލް ހުޅުވާއިރު ހަފްތާގެ ފަސްދުވަހު ސްކޫލްތަކުގައި ކިޔަވާދޭނެއެވެ. އަދި ސްކޫލްތަކުގައި ކިޔަވާދޭނީ އެންމެ ގިނަވަގެން 5 ގަޑިއިރަށެވެ. ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ކޮންމެ ދުވަހަކުވެސް ކިޔަވާދޭން ޖެހޭނީ 2 ގަޑިއިރަށްވުރެ މަދު ނުވާ ގޮތަށެވެ. އަދި ބޭބީ ނާސަރީއާއި ނާސަރީގެ ކިޔެވުން ގެންދާނެ ގޮތަށް އެ ސްކޫލަކުން ކަނޑައަޅަންޖެހެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ސްކޫލްތަކުގައި ކިޔަވާދޭއިރު ކޮންމެ ދުވަހަކުވެސް އެއް ގަޑއިރު ކުދިންގެ ހުން ބެލުމާއި އަތްދޮވުމާއި ފިޒިކަލް ބައެއް ހަރަކާތްތަކަށް ހުސްކުރަންޖެހޭ ކަމަށެވެ. މިނސްޓްރީން ވިދާޅުވީ ކޮންމެ ކްލާހެއް އެންމެ ދިގުވެގެން ގެންދެވޭނީ 35 މިނިޓަށް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.