އައްޑޫ ސިޓީ ތަރައްޤީއަށް 400 މިލިޔަން ޑޮލަރު ހޯދައި މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމުގައި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީ މޭޔަރުގެ މަޤާމަށް ވާދަ ކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އައްޑޫ ތަރައްޤީއަށް ގިނަ މަސައްކަތް ތަކެއް ކުރައްވާ އަލީ ނިޒާރު ވިދާޅުވީ އެމްޑީޕީން އައްޑޫ ރައްޔިތުންނަށް ދެރަ ގޮތެއް ނުހައްދަވާނެ ކަމަށެވެ. އެމްޑީޕީން މިހާތަނަށް ކޮށްފައިވާ ވެރިކަމުގެ ތެރެއިން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައިވެސް ގިނަ މަޝްރޫޢުތަކެއް އައްޑުގައި ހިންގަވާފައިވާމަށް އަލީ ނިޒާރު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި އައްޑޫގައި 150 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓް ހިންގަވާފައިވާއިރު، މިވެރިކަމުގައި ރައީސް ޞާލިހު ގެންދަވަނީ އައްޑޫ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދައި ތަރައްޤީގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ. އެގޮތުން އައްޑޫ ސިޓީގެ އެކި ރަށްތަކަށް ބޭނުންވާ ތަރައްޤީގެ ކަންކަން ކުރުމަށް 400 މިލިޔަން ޑޮލަރ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށެވެ.
ރައީސް މުހައްމަދު ނަޝީދުގެ 3 އަހަރުގެ ވެރިކަމުގައި 150 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓް އައްޑޫގައި ވަނީ ހިންގާފަ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އައްޑޫގެ ޕްރޮޖެކްޓުތަކަށް 400 މިލިޔަން ޑޮލަރ ހޯދައި މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުން. އެމްޑީޕީ އައްޑޫ ރައްޔިތުންނަށް ނިކަމެތި ކޮށް ނުލާނެ. އުންމީދާއިއެކު ގުޅިގެން ކުރިއަށް.
– އަލީ ނިޒާރު ވިދާޅުވިއެވެ.
އައްޑު ތަރައްޤީއަށް މިސަރުކާރުން މާބޮޑު އަޅާލުމެއް ނުދެއްވާކަމަށް ބައެއް ފަރާތްތަކުން ބަމުން ދިޔަ ނަމަވެސް އައްޑު ތަރައްޤީކޮށް، އައްޑޫ ރައްޔިތުންނަށް ބޭނުންވާ ކަންކަން މިސަރުކާރުން ފަހި ކޮށްދެއްވާނެކަމަށް ސަރުކާރުގެ އިސް ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ. އަދި މިހާރުވެސް ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާއިރު، މިފެށުނު އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް އައްޑޫ ތަރައްޤީއަށް ފެށިގެންދާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ