ހުޅުމާލެ ތިންވަނަ ފިޔަވަހީގެ 30 ހެކްޓަރު ހިއްކައި ނިމިއްޖެ

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ 30 ހެކްޓަރު ހިއްކައި ނިމިއްޖެ

Author
އަހުމަދު
07 ޑިސެމްބަރ 2025 08:05
0

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ 30 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކައި ނިމިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.

އެޗްޑީސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މަޝްރޫއު އަވަސްކުރުމަށް ގެނައި ދެ ޑްރެޖަރާއެކު ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. މި މަޝްރޫއުގައި ޖުމްލަ 63 ހެކްޓަރު ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.

މި މަޝްރޫއު ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އެއަށްފަހު މަޑުޖެހުމެއް ލިބިގެން ދިޔައިރު މި މަސައްކަތް އަލުން ފެށީ މިދިޔަ މަހުގެ ދިހަ ވަނަ ދުވަހުގައެވެ. މަޑު ޖެހުނު ވަގުތު 28 ހެކްޓަރު ހިއްކާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލުކުރެއްވި ޖަލްސާއެއްގައި ވިދާޅުވީ މި މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށް ގެންގޮސް މި ޑިސެމްބަރު މަސް ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.