ފްލެޓް ނުލިބި ދަތިހާލުގައި އުޅޭމީހުންގެ ހިތްދަތި ދިރިއުޅުން

ފްލެޓް ނުލިބި ދަތިހާލުގައި އުޅޭމީހުންގެ ހިތްދަތި ދިރިއުޅުން

Author
މުޙައްމަދު ޝަޒައިމް
09 ޖެނުއަރީ 2021 10:02
0

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނުލިބި މާޅޭގައި ނިކަމެތި ހާލުގައި އުޅޭ ރައްޔިތުންގެ މަންޒަރާއި، އެމީހުން ތަހައްމަލު ކުރަމުންދާ ހިތްދަތި ދިރިއުޅުމުގެ ހާލަތު ގޯތި ހޯދުމަށް އެދިއެދި ތިބި ފަރާތްތަކުގެ ހައްގުގައި ވަކާލާތު ކުރުމަށް ޖަމްއިއްޔާ އިން ހިއްސާ ކުރަން ފަށައިފިއެވެ.

"ކޮތަރު ކޮށި" ގްރޫޕުން "އާއްމުންގެ އެކުވެރި ގުޅުން" ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ މިޖަމްއިއްޔާއަކީ އާއްމު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމާއި މިނޫންވެސް އިޖުތިމާއީ މައްސަލަތަކުގައި އާއްމުންގެ އަޑު އުފުލުމެވެ. މިފަދަ މައްސަލަތަކުގައި އާއްމުންނަށް އެކުވެރިކަމާއެކު އިދާރާތަށް ޖަވާބުދާރީ ކުރުވުމަށް މަސައްކަތްކުރާނެ މާހައުލެއް ހޯދައިދިނުމަކީ ވެސް ޖަމިއްޔާގެ މަޤުޞަދެކެވެ.

ޖަމްއިއްޔާއިން ވަނީ މާލޭގެ ބައެއް އާއިލާތަކުން އުޅެމުންދާ ހިތްދަތި ދިރިއުޅުމުގެ މަންޒަރު ދައްކުވައިދޭ ފޮޓޯތަކާއި ވީޑިޔޯތައް ހިއްސާކޮށްފައެވެ. ވަޒީފާގެ ގޮތުން ނަން ހާމަ ކުރެވެން ނެތް މީހަކު ދިރިއުޅެމުންދިޔަ ގެއަކަށް ގޮސް ޖަމްއިއްޔާއިން ހިއްސާކުރި މައުލޫމާތަށް ބަލާއިރު އެގޭގައި 7 މީހުން އުޅެމުން ދިޔައީ 150 އަކަފޫޓު ހަމަނުވާ ކުޑަ ތަނެއްގައިއެވެ. އަންހެނުންގެ ކުއްލި ފަރުވާއަށް، އުޅެމުން އައި އެތަން ދޫކޮށް، އެކި ދަރިން މިހާރު ތިބީ ދަަންނަ އެކިމީހުންގެ ގެތަކުގައި ވަގުތީ ގޮތުން ބަހައްޓާފައިއެވެ. ކުރިން ފްލެޓު ލިބި ފަހުން ގެއްލުމުން އެ ހައްގު ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް މިކަން ދިމާވުމުން ދަރިން މިވަނީ އިތުރަށް ތިކަމެތިވެ، ބިކަވެ އޭނަގެ ބަހުންނަމަ "ރެފިއުޖީންނަށް" ވެފައިއެވެ.

ހަމަމިއާއިއެކު ދެން ޖަމްއިއްޔާއިން ހިއްސާކުރި ވީޑިޔޯގައިވެސް ފެނިގެންދިޔައީ މިފަދަ ހިތްދަތި މަންޒަރެކެވެ. އެގޮތުން އުމުރުން 51 އަހަރުގެ މީހަކު އޭނާގެ އުމުރުން 13 އަހަރުން ފެށިގެން އަދިވެސް ހިންދަމާ ނުލެވި ކުޑަކުޑަ ތަންކޮޅެއްގައި ނިކަމެތި ހާލުގައި އުޅެމުންދާއިރު، ފިރިމީހާއަށް ދަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންނެވެ.

ބޯހިޔާވަހިކަން ހޯދުމަށް ދަތިވެ، ބިކަހާލުގައި ތިބި މީހުންގެ އަޑު އިއްވައި އެމީހުންގެ ހައްގުތައް ހޯދުމަށް މި ޖަމްއިއްޔާއިން ކުރަމުންދާ މަސައްކަތަކީ އެކަމުގެ ސަބަބުން އެތައް ބަޔަކަށް ނިކަމެތި ހިތްދަތި ހާލުގައި ތިބި މީހުންގެ ހާލަތު ވަޒަން ކުރެވިގެންދާ ކަމެކެވެ. ނަމަވެސް މީގެ ތެރެއިންވެސް ބައެއް އާއިލާތަކަށް ޕޮއިންޓް ހަމަނުވެގެން ކަމަށްބުނެ ފްލެޓް ނުލިބުމަކީ މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ދެން އިތުރު އެހެން ބަޔަކަށް ފްލެޓް ހައްގުވާންޖެހޭ ސަބަބެއް ނޫންކަމަށް ފެންނަ މަންޒަރުތަކާއި ވީޑިޔޯތަކަށް ބަލައިލުމުންވެސް ކަށަވަރުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.