މުހައްމާގެ ހާލު އަންނަނީ ރަނގަޅުވަމުން

މުހައްމާގެ ހާލު އަންނަނީ ރަނގަޅުވަމުން

Author
އަހުމަދު
06 ޑިސެމްބަރ 2025 09:52
0

ކުރީގެ ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު އަދި މަޝްހޫރު ފިލްމު ޕްރޮޑިއުސަރު މުހައްމަދު ޢަބްދުﷲ (މުހައްމާ)ގެ ހާލު ރަނގަޅުވަމުން އަންނަކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހާޓްއެޓޭކެއް ޖެހި އައިޖީއެމްއެޗްގެ ހިތުގެ ބަލިތަކަށް ޚާއްސަ ޔުނިޓުގައި ފަރުވާދެމުން އަންނަ މުހައްމާގެ ހާލު މިހާރު ސްޓޭބަލްވެފައިވާކަމަށް އާއިލާގެ ބައެއް މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު އުވާލި ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުގެ މަގާމުގައި ހުންނެވި މުހައްމާ، މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި އިހަވަންދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައިވެއެވެ. ޖުމްހޫރީ ޕާޓީއިން ސިޔާސީ ދާއިރާއަށް ނުކުތް މުހައްމާ، ޕީޕީއެމް އާއި އެމްޑީޕީގައިވެސް އުޅުއްވިއެވެ. މިހާރު އޭނާ އުޅުއްވަނީ ވެރިކަންކުރާ ޕީއެންސީގައެވެ.

ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވި މުހައްމާ، ގިނަ ކުރު ފިލްމުތަކާއި ޑްރާމާތަކުގައި ކުޅުއްވާފައިވާއިރު، ގިނަ ފިލްމުތައް ޕްރޮޑިއުސް ކުރެއްވުމުގެ ތަޖުރިބާވެސް ހޯދާފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.