އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމާއަށް ހާޓް އެޓޭކެއް ޖެހި ފަރުވާ ދެނީ

އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމާއަށް ހާޓް އެޓޭކެއް ޖެހި ފަރުވާ ދެނީ

Author
އަހުމަދު
05 ޑިސެމްބަރ 2025 03:16
0

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަށް ރޭ ދަންވަރު ހާޓް އެޓޭކެއް ޖެހި، އައިޖީއެމްއެޗްގައި ފަރުވާ ދޭން ފަށައިފިއެވެ.

އާއިލާއިން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގީ ރޭ ދަންވަރު ތިނެއް ޖެހި އެހާކަންހާއިރުއެވެ. މުހައްމާ އައިޖީއެމްއެޗަށް ގެންދެވުނީ މިއަދު ހެނދުނު 7:15 ހާއިރުއެވެ. ހޮސްޕިޓަލަށް ގެންދެވުމާއެކު އަވަސް ފަރުވާ ދީ، ހިތުގެ ބްލޮކޭޖް ކަނޑުވަން ބޭނުންވާ ސްޓެންޓް މިހާރު ވަނީ ލައްވާފައެވެ.

މުހައްމާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.