ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ވަފްދެއް ޕީއެންސީގެ އިސް ބޭފުޅުންނާ ބައްދަލުކޮށްފި

ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ވަފްދެއް ޕީއެންސީގެ އިސް ބޭފުޅުންނާ ބައްދަލުކޮށްފި

Author
އަހުމަދު
04 ޑިސެމްބަރ 2025 10:29
0

ޗައިނާގެ ކޮމިއުނިސްޓް ޕާޓީ (ސީޕީސީ) ގެ އިސް ބޭފުޅުންގެ ވަފްދެއް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އިސް ބޭފުޅުންނާ މިއަދު ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުމާއި ދެ ޕާޓީގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި ސީޕީސީ ސެންޓްރަލް ކޮމިޓީގެ 20 ވަނަ ދައުރުގެ 4 ވަނަ ޕްލީނަރީ ސެޝަންގެ ނަތީޖާތައް ވެސް މި ބައްދަލުވުމުގައި ހިއްސާކުރެވުނެވެ.

ޗައިނާގެ ވަފްދުގައި އިސްކޮށް ހުންނެވީ އައިޑީސީޕީސީގެ އިންފޮމޭޝަން ރިސާޗް ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ކަންގް ޝުއައި އެވެ. މީގެ އިތުރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ޗައިނާ ސަފީރު ކޮންގް ޝިންހުއާ ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. ޕީއެންސީގެ ފަރާތުން ނައިބު ރައީސް އާދަމް ޝަރީފް އުމަރާއި ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހިމް ޝުޖާއު އާއި މުހައްމަދު ނިމާލް އަދި މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.