އެކިއެކި ހަފްލާތަކާއި ހަރަކާތްތައް ބޭއްވުމަށް ހުޅުމާލޭގެ ސަރަހައްދުތައް ދޫކުރާ އުސޫލު މުރާޖައާކޮށް، ކުލީގެ ރޭޓްތަކަށް ބަދަލު ގެނެސްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ.
މި ބަދަލުތަކުގެ ތެރޭގައި ސެންޓްރަލް ޕާކާއި ފެރީ ޓާމިނަލް ޕާކް ފަދަ ސަރަހައްދުތައް ކުއްޔަށް ދޫކުރާ އަގުތައް އަލުން ކަނޑައެޅުން ހިމެނެއެވެ. އެގޮތުން މުޅި ސެންޓްރަލް ޕާކް ގަޑިއިރަކަށް 17،263 ރުފިޔާއަށް ކުއްޔަށް ދޫކުރާއިރު، ފެރީ ޓާމިނަލް ޕާކް ދޫކުރަނީ ގަޑިއިރަކަށް 659 ރުފިޔާއަށެވެ.
މީގެ އިތުރުން ތިން ދުވަހަށް ވުރެ ދިގު ހަރަކާތްތަކަށް ސެޓްއަޕް ހެދުމާއި ތަން ސާފުކުރުމަށް ހަތަރު ދުވަހާ ހަމައަށް ކުލީގެ 50 ޕަސެންޓް ޑިސްކައުންޓް ދިނުމުގެ އިހްތިޔާރު އެޗްޑީސީއަށް ލިބޭ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ. އަދި ހަ ގަޑިއިރަށް ވުރެ އިތުރަށް ތަނެއް ކުއްޔަށް ހިފާ ނަމަ، 24 ގަޑިއިރުގެ ރޭޓުން ކުލި ނެގޭނެއެވެ.
ކޮމެންޓު ފޮނުވާ