ޝަމްއާންގެ މައްސަލައިގެ ފުޓޭޖު ދޭން އެންގީ ޒިންމާގެ ދަށުން: އިހުސާން

ޝަމްއާންގެ މައްސަލައިގެ ފުޓޭޖު ދޭން އެންގީ ޒިންމާގެ ދަށުން: އިހުސާން

Author
އަހުމަދު
03 ޑިސެމްބަރ 2025 07:22
0

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާންގެ މައްސަލައިގައި ސީސީޓީވީ ފުޓޭޖު ފުލުހުންނަށް ފޯރުކޮށްދޭން އިމިގްރޭޝަނުގައި އެދުނީ ދެ އިދާރާއާ ހަވާލުވެ ހުންނެވި މިނިސްޓަރުގެ ޒިންމާގެ ދަށުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިއަދުގެ އަޑުއެހުމުގައި ހެކިބަސް ދެމުން އިމިގްރޭޝަންގެ އޮފިސަރަކު ބުނީ ފުޓޭޖު ފުލުހުންނާ ހަވާލުކުރަން އައިސީޓީ ސެކްޝަންގެ ވެރިޔާ އެންގެވީ މިނިސްޓަރު އެކަމަށް އެދިވަޑައިގެންފައިވާތީ ކަމަށެވެ. އެ ވާހަކައާ ގުޅިގެން ދިފާއީ ވަކީލު ނޫރުއްސަލާމް އަބޫބަކުރު ވަނީ އެއީ ރަސްމީ ޗެނަލްތޯ ސުވާލު އުފައްދަވައިފަ އެވެ.

މިނިސްޓަރު އިހުސާން ފޭސްބުކުގައި ވިދާޅުވީ ކަންކަން ލަސްވާ ނަމަ އެކަން އަވަސް ކުރަން މަސައްކަތް ކުރުމަކީ މިނިސްޓަރެއްގެ ޒިންމާއެއް ކަމަށެވެ. އަދި ގޯސްކަމެއް ހިނގީމަ އެކަން ފެންނަ ފުޓޭޖު ދޭން ބުނި މީހާ ގޯސްވާ ގޮތަށް ވަކީލުން ވާހަކަ ދެއްކުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޝަމްއާން ހައްޔަރުކުރީ މި އަހަރުގެ މާޗު މަހު، ބިދޭސީއެއްގެ އަތުން ފައިސާ ނެގި ކަމުގެ ތުހުމަތުގައެވެ. އޭނާގެ މައްޗަށް ކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި ފޭރުމާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.