ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހާ ހަމައަށް ރާއްޖެއިން އެޗްއައިވީ ޖެހިފައިވަނީ 53 މީހަކަށެވެ. މީގެތެރޭގައި ހިމެނެނީ 8 އަންހެނުންނާއި 45 ފިރިހެނުންނެވެ.
ރާއްޖެއިން އެންމެ ފުރަތަމަ މި ބަލި ފެނިފައިވަނީ 1991 ވަނަ އަހަރުއެވެ. މިހާތަނަށް 16 މީހަކު މި ބަލީގައި ދުނިޔެ ދޫކޮށްފައިވާއިރު، މިވަގުތު 36 މީހަކު ދަނީ ފަރުވާ ހޯދަމުންނެވެ.
އެޗްއައިވީއަށް ދެވޭ އެންޓިރެޓްރޯ ވައިރަލް ފަރުވާ 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މުޅިން ހިލޭ ލިބެން ހުރެއެވެ. އަދި ބަލިން ރައްކާތެރިވުމަށް ދެވޭ ޕްރި އެކްސްޕޯޝާ ޕްރޯފިލަކްސިސް (ޕީއާރްއީޕީ) ވެސް ލިބެން އެބަހުއްޓެވެ.
ރާއްޖޭގެ ކޮންމެ ހޮސްޕިޓަލަކުންވެސް ކާކުކަން ނޭނގޭ ގޮތަށް އެޗްއައިވީއަށް ޓެސްޓް ކުރެވޭނެކަމަށާއި ނަތީޖާވެސް ސިއްރު ކުރެވޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކޮމެންޓު ފޮނުވާ