އެސްޓީއޯ އާއި ޖަޕާނުގެ މަޝްހޫރު ހިޓާޗީ ކުންފުންޏާ ދެމެދު އޮތް ވިޔަފާރީގެ ގުޅުމަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ބާސެލޯ ނަސަންދުރަގައި ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ.
ހުކުރު ދުވަހުގެ ރޭ ބޭއްވި މި ހަފްލާގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ހިޓާޗީގެ މެނޭޖިން ޑިރެކްޓަރު ޔޮޝިޔޫކީ ބަންޑޯ އާއި އެސްޓީއޯގެ އިސް ބޭފުޅުން ވެސް މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ގަރުނަކަށް ވުރެ ގިނަ ދުވަސްވީ ހިޓާޗީ ބްރޭންޑަކީ ދިވެހީންގެ މެދުގައި ބޮޑު އިތުބާރެއް ހޯދާފައިވާ ބްރޭންޑެކެވެ. މި ހަފްލާގައި ވޭތުވެދިޔަ 25 އަހަރު އެންމެ ގިނައިން ހިޓާޗީ ޕްރޮޑަކްޓް ގަތް ހަތަރު ކަސްޓަމަރަކަށް އެވޯޑް ދީ، ހިޓާޗީގެ އައު 'ނިއު އެއާ' ރޭންޖް ވެސް ވަނީ ތައާރަފްކޮށްފައެވެ.
ކޮމެންޓު ފޮނުވާ