ޕީއެސްއެމްގެ އެމްޑީ ނަސްރީން ޔޫތު މިނިސްޓްރީއަށް ބަދަލު ކޮށްފި

ޕީއެސްއެމްގެ އެމްޑީ ނަސްރީން ޔޫތު މިނިސްޓްރީއަށް ބަދަލު ކޮށްފި

Author
އަހުމަދު
29 ނޮވެމްބަރ 2025 05:08
0

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ނަސްރީން އެ މަގާމުން އިސްތިއުފާ ދެއްވައި، ޔޫތު މިނިސްޓްރީގެ މަގާމަކަށް ބަދަލު ވެއްޖެއެވެ. އޭނާ އައްޔަނުކުރެވުނު މަގާމުގެ ތަފުސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.

ނަސްރީން ޕީއެސްއެމްގެ އެމްޑީކަމާ ހަވާލުވީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި، ކުރީގެ އެމްޑީ މުހައްމަދު ސައީދު އިސްތިއުފާ ދެއްވުމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޕީއެސްއެމްގެ އެމްޑީކަމުން ތިން ބޭފުޅަކު ވަނީ އިސްތިއުފާ ދެއްވައިފައެވެ.

ނަސްރީނަކީ ޕީއެސްއެމްގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، މޯލްޑިވިއަން އައިޑަލް ފަދަ ފްރެންޗައިޒް ޝޯތައް ރާއްޖެ ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.