ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެ، ބައިނަލްއަޤުވާމީ އެހީއަށް އެދިއްޖެ

ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެ، ބައިނަލްއަޤުވާމީ އެހީއަށް އެދިއްޖެ

Author
އަހުމަދު
29 ނޮވެމްބަރ 2025 01:58
0

ސްރީ ލަންކާއަށް މިހާރު ކުރިމަތިވެފައިވާ ބޯ ވިއްސާރައިގައި 123 މީހުން މަރުވެ، 130 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް އެ ޤައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ހާމަކޮށްފިއެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން ކުރަމުން އައި ވިއްސާރަ ބުދަ ދުވަހު ސައިކްލޯނަކަށް ބަދަލުވެ، ރެކޯޑު މިންވަރަކަށް ވާރޭ ވެހުމުގެ ސަބަބުން އެތައް ހާސް ބައެއްގެ ގެދޮރަށް ގެއްލުންވެ، 43،995 އަށް ވުރެ ގިނަ މީހުން ރައްކާތެރި މަރުކަޒުތަކަށް ބަދަލުކޮށްފައިވެއެވެ. ކެލާނީ ކޯރު ކައިރީގައި ދިރިއުޅޭ މީހުން ބަދަލުކުރުމަށް ވެސް އިދާރާތަކުން ވަނީ އަންގައިފައެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ ތައުޒިޔާ ފޮނުއްވައި، އެހީތެރިކަން ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވައިފައެވެ. ސްރީ ލަންކާ ސަރުކާރުން ވަނީ އަސްކަރީ ހެލިކޮޕްޓަރުތަކާއި އުޅަނދުތައް ބޭނުންކޮށްގެން ރެސްކިއު އޮޕަރޭޝަންތައް ވަރުގަދަކޮށް، ބައިނަލްއަޤުވާމީ އެހީއަށް ވެސް އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.