ވީއައިއޭގެ އާ ޓާމިނަލުން އިޓަލީގެ ނިއޯސް އެއާލައިނަށް ހިދުމަތް ދޭން ފަށައިފި

ވީއައިއޭގެ އާ ޓާމިނަލުން އިޓަލީގެ ނިއޯސް އެއާލައިނަށް ހިދުމަތް ދޭން ފަށައިފި

Author
ހުސައިން
23 ނޮވެމްބަރ 2025 10:45
0

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އާ ފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން އިޓަލީގެ ޕްރައިވެޓް އެއާލައިން ނިއޯސްއަށް ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.

މި މުނާސަބަތުގައި ޓާމިނަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ. ރަސްމިއްޔާތުގައި ނިއޯސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 341 ފަސިންޖަރުންނަށް ހަދިޔާ ދީފައިވާއިރު، އާ ޓާމިނަލަށް ކައިރިކުރި ފުރަތަމަ ފްލައިޓް NO610 އިން އައި 346 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާ ކިޔާފައިވެ އެވެ.

2004 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ދަތުރުތައް ކުރަމުން އަންނަ ނިއޯސްއަކީ އިޓަލީގެ ދެވަނައަށް އެންމެ ބޮޑު އެއާލައިނެވެ. މި އެއާލައިން އާއެކު އާ ޓާމިނަލުން ހިދުމަތް ދޭ އެއާލައިންތަކުގެ އަދަދު 27 އަށް އިތުރުވެފައިވެ އެވެ. ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމަކީ އެމްއޭސީއެލްގެ އަމާޒު ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.