މައްސަލަތަކުގައި ގެންގުޅުއްވާ ތަފާތު ކުރުންތަކާއިމެދު ހައިލަމްގެ ފާޑުކިޔުން ޕީޖީއަށް

މައްސަލަތަކުގައި ގެންގުޅުއްވާ ތަފާތު ކުރުންތަކާއިމެދު ހައިލަމްގެ ފާޑުކިޔުން ޕީޖީއަށް

Author
މުޙައްމަދު ޝަޒައިމް
08 ޖެނުއަރީ 2021 08:09
0

މަސްލަހަތު ހިމެނޭ މައްސަލަތައް ނުބަލައި، ވަކި މައްސަލަތަކެއްގައި ދައުވާ ކުރުމަށްފަހު ހަމަހަމަކަމާއި ހާމަކަމުގެ ވާހަކަ ދެއްކުމަކީ ހުތުރުކަމެއް ކަމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ދައުލަތުން ހަމަހަމަ ކަމާއިއެކު މައްސަލަތަކުގައި ދައުވާ އުފުލުމާއި، ދައުވާ ކުރުމަށް އިސްކަންދޭ ކަމަށް ޕީޖީ ވިދާޅުވެ ދައްކަވާފައިވާ ވާހަތަކާއި ގުޅިގެން ހައިލަމް ވިދާޅުވީ ތިމާގެ މަސްލަހަތު ހިމެނޭ މައްސަލަތަކުގައި ދައުވާ ކުރުމަށް އޭސީސީން ފޮނުވުމުން އެކި ބަހަނާ ދައްކައި، މައްސަލަތައް އަނބުރާ ފޮނުވާލައި، އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައިވެސް ވަކި ބައެއްގެ މައްޗަށް ދައުވާ ކުރުމުގެ ސަޤާފަތެއް އޮއްވައި ހަމަހަމަ ކަމުގެ ވާހަކަ ދެއްކުމަކީ ލަދުވެރި ކަމެއްކަމުގައެވެ.

ބޮޑުދައިތަގެ މައްސަލާގައި ދަޢްވާކުރަން އޭސީސިން ފޮނުވުމުން އެކި ބަހަނާތައް ދެއްކުމަށްފަހު އެމައްސަލަ އަނބުރާ ފޮނުވާލައި، އެމްއެމްޕީއާރުސީ ޚިޔާނާތުގެ ލިސްޓު ސިއްރުކޮށް، މައްސަލާގައި ވަކި ބައެއްގެ މައްޗަށް ދަޢްވާކުރުމަށްފަހު ހަމަހަމަކަމާއި ހާމަކަމުގެ ވާހަކަ ދެއްކުމަކީ ހުތުރުކަމެއް.

– ހައިލަމް ވިދާޅުވިއެވެ.

މާލޭ ލޮނުޒިޔާރަތް ޕާކް ތަރައްޤީކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ މުއާމަލާތްތަކެއް މާލެސިޓިގެ މޭޔަރު ސިފާ މުޙައްމަދު ހިންގާފައިވާކަމަށް އޭސީސީގެ ތަޙްގީގަށް ސާބިތުވާތީ ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައިވާ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލައިފައިވަނީ  ތަޙްގީގް އިތުރަށް ފުރިހަމަކުރުމަށް ބުނެއެވެ. މޭޔަރު ސިފާގެ މައްޗަށް ދައުވާ ނުކޮށް މައްސަލަ އަނބުރާ ފޮނުވާލާފައިމިވަނީ އެމައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި އޮންނަތާ ދޮޅުމަސް ފަހުންނެވެ. ސިފާގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް އެމައްސަލަ ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ގައެވެ. އަދި އެމައްސަލާގައި ދައުވާ ނުކުރަން ނިންމައި އަނބުރާ ފޮނުވާލާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހުގައެވެ.

ދޮޅު މަސްފަހުން ސިފާގެ މައްސަލަ އަނބުރާ އޭސީސީއަށް

ހައިލަމް ފާޑުވިދާޅުވި އަނެއް މައްސަލަ ކަމުގައިވާ އެމްއެމްޕީއާރުސީ މައްސަލައަކީ މިސަރުކާރުން ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވެފައިވާ އެންމެބޮޑު އެއްވައުދެވެ. އެ ޚިޔާނާތުގައި ބައިވެރިވި އެންމެންނަށް ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ބުނިނަމަވެސް މިހާތަނަށް އެމްއމްޕީއާރުސީ މައްސަލާގައި ދައުވާ އުފުލާފައިވަނީ ސިޔާސީ ވާދަވެރިކަމުގައި ސިޔާސީ ވަކި ބަޔަކަށް ކަމުގައި އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރަސް
Mee dhen haadha hamahamakon kanthah koffa huri meehekey dhoa