އިންޑޮނޭޝިއާގެ ބަޓަމްގައި މިމަހު ބޭއްވި 16 ވަނަ ވޯލްޑް ބޮޑީބިލްޑިން އެންޑް ފިޒިކްސް ސްޕޯޓްސް ޗެމްޕިއަންޝިޕުން ރާއްޖޭގެ ގައުމީ ޓީމު 3 މެޑަލާއެކު ރާއްޖެއަށް އައިއިރު، ވީއައިޕީ ލައުންޖުން ކުޅިވަރު ކޮމިޝަނަރ މުޙައްމަދު ޠަލާލާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެންބަރުން ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މި މުބާރާތުން އަޒްނީން ރަޝާދު ފިރިހެނުންގެ ސްޕޯޓްސް ފިޒީކް 170 ސެންޓިމީޓަރު ކެޓަގަރީން ރަން މެޑަލް ހޯދިއިރު، މިއީ އަޒްނީން ބައިނަލްއަގްވާމީ މުބާރާތްތަކުން ހޯދި 10 ވަނަ ރަން މެޑަލެވެ. އަލީ މަބްރޫކް ލަތީފް 180 ސެންޓިމީޓަރު ކެޓަގަރީން ރިހި މެޑަލް ހާސިލްކުރި އިރު، މަނާފް ވަހީދު 167 ސެންޓިމީޓަރު ކެޓަގަރީން ރާއްޖެއަށް ލޯ މެޑަލް ހޯދައިދިނެވެ.
ކޮމެންޓު ފޮނުވާ