މިރޭ މާލޭގައި ހަވާ އަރުވަނީ

މިރޭ މާލޭގައި ހަވާ އަރުވަނީ

Author
ހުސައިން
21 ނޮވެމްބަރ 2025 04:41
0

ސިފައިން މިރޭ މާލޭގައި ހަވާ އެރުވުމަށް ތައްޔާރުވެއްޖެއެވެ. އެމްއެންޑީއެފުން އެކްސްގައި އާންމުކުރި މައުލޫމާތުގައި ބުނީ މިރޭ 21:15ގައި ލެމަންގްރާސް ސިޓްރޮން ދިމާލުން ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ސިފައިންގެ ކޯޕަރޭޓިވް ސިފްކޯއިން ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށް ދާނީ ތިން މިނެޓްގެ މުއްދަތަކަށް ކަމަށް އެމްއެންޑީއެފުން ހާމަކުރިއެވެ.

ރާއްޖޭގައި ހަވާ އަރުވާ އެންމެ މައި ޖަމާއަތަކީ ސިފައިންނެވެ. ގައުމީ ހަރަކާތްތަކާއި އަދި ވިޔަފާރި އުސޫލުން ސިފައިންގެ ފަރާތުން ހަވާ އަރުވައިދޭ ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.