އަޅާފާނެ ހޫނުފެނަކަށް ބިރުން ދީނީ ޢިލްމުވެރިން ހުއްޓުވޭނެކަމަށް ދެކުމަކީ ކުށް ހީއެއް: ޑރ.އިޔާޒު

އަޅާފާނެ ހޫނުފެނަކަށް ބިރުން ދީނީ ޢިލްމުވެރިން ހުއްޓުވޭނެކަމަށް ދެކުމަކީ ކުށް ހީއެއް: ޑރ.އިޔާޒު

Author
މުޙައްމަދު ޝަޒައިމް
08 ޖެނުއަރީ 2021 07:23
0

ބަޔަކު މީހުން އަޅާފާނެ ހޫނުފެނަކަށް ބިރުން ދީނީ އިލުމުވެރިން ހުއްޓުވޭނެ ކަމަށް ހީ ކުރައްވާނަމަ އެއީ ވަރަށްބޮޑު ކުށް ހީއެއް ކަމުގައި ދީނީ ޢިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ޑރ.އިޔާޒު މިހެން ވިދާޅުވެފައިވަނީ ކޮން ކަމާއި ގުޅިގެން ކަމެއް ނޭގުނު ނަމަވެސް ޝައިޚު އިޔާޒު ދައްކަވާ ވާހަކަތަކާއި ގުޅިގެން އަދާކުރައްވަމުންދާ ވަޒީފާއިން ދަނީ އިންޒާރުދީ، ވަަޒީފާގެ ބިރު ދައްކަމުންނެވެ. ނަމަވެސް ޑރ.އިޔާޒު ވިދާޅުވެފައިވަނީ ފާޅު ކުރައްވާ ޚިޔާލަކުން ވަޒީފާގެ ބިރު ދައްކައި އިންޒާރު ދިނުމަކީ ކުރައްވާ މަސައްކަތް ހުއްޓުވޭނެ ކަމެއް ނޫންކަމަށެވެ.

ޑރ.އިޔާޒު މިއަދުވެސް ވިދާޅުވެފައިވަނީ ދީނީ ގޮތުން ރައްޔިތުންނަށް ހާމަކުރަންޖެހޭ މައުލޫމާތު ހާމަކުރުމަށް ދީނީ ޢިލްމުވެރިން ކުރައްވާ މަސައްކަތް ހުއްޓުވުމަށް ބަޔަކު ކިތަންމެ މަސައްކަތެއް ކުރެއްވި ނަމަވެސް އެކަމެއް ނުހުއްޓުވޭކަމަށެވެ. ދީނީ އިލްމުވެރިންގެ މަސައްކަތަކީ ހައްގު މަގު ސާފުކޮށްދީ، ހައްގު ގޮތް ރައްޔިތުންނަށް ހާމަކުރުން ކަމަށާއި، އެކަން ދީނީ އިލްމުވެރިން ކުރާނެކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.

ބަޔަކު މީހުން އަޅާފާނެ ހޫނުފެނަކަށް ބިރުން ދީނީ އިލުމުވެރިން ހުއްޓުވޭނެ ކަމަށް ހީ ކުރައްވާނަމަ އެއީ ވަރަށްބޮޑު ކުށް ހީއެއް. އިންޝާ ﷲ އެކަމެއް ނުވާނެ. ހައްގު ފާޅު ކުރާނެ ބަޔަކު ނެތް އިރެއް ގިޔާމަތާއި ހަމައަށްވެސް ނޯންނާނެ.

– ޑރ.އިޔާޒު ވިދާޅުވިއެވެ.

އިޔާޒު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ތިމާއަސް އެގޭ ކަންކަމުގައި އެކަމެއްގެ ހަގީގަތް ލަސްނުކޮށް ފާޅު ކުރުމަށް ފަސް ނުޖެހުމަކީ ކަންކަމުގެ ހަގީގަތް ހާމަކުރުމަށް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައެވެ. ހަގީގަތް ހާމަކުރުމަށް ކުރާ މަސައްކަތަކީ އަބަދުވެސް ގޮންޖެހުން ކުިރމަތިވާނެ ކަމެއްކަމަށާއި، ނަމަވެސް އޭގެ އެންމެ ރަނގަޅު ވަގުތުގައި ހަގީގަތް ހާމަކުރުމުން އޭގެ ނަތީޖާ މާފޮނިވާނެކަމަށް ޑރ.އިޔާޒު ވިދާޅުވިއެވެ.

ހަޤީގަތް ހާމަކުރަން ފަސްޖެހިގެން ނުވާނެ. ވަރަށް ގިނަ ފަހަރު އެއީ ވަގުތީ ގޮތުން ޕްރެޝަރު ތަކާއި ކުރިމަތިލާންޖެހޭ ކަމަކަށްވީ ނަމަވެސް، އޭގެ ފޮނި މޭވާ ފަހުން ލިބޭނެ. އިންޝާ ﷲ

– ޑރ.އިޔާޒު ވިދާޅުވިއެވެ.

ޑރ.އިޔާޒަށް ފަހަކަށް އައިސް ވަޒީފާގެ ޕްރެޝަރާއި، ބައެއް ފިއްތުންތައް ކުރިމަތިވެފައިވަނީ، އެމްޑީޕީގެ ރައީސް ނަޝީދު ކްރިމަސްޑޭ އާއި ގުޅިގެން ދެއްކެވި ވާހަތަކަށް ރައްދު ދެއްވި ހިސާބުންނެވެ. އޭގެ ފަހުން އިޔާޒު ދައްކަވާ ވާހަތަކާއި ގުޅިގެން ވަޒީފާ އަދާކުރައްވަމުންދާ ޔުނިވާސިޓީންވަނީ އިޔާޒަށް ނަސޭހަތްތެރިވެ ސިޓީއަކުން އެކަން އެގޮތަށް ނުކުރުމަށް އަންގާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.