ގޯވިންދާ އާއި ސުނީތާގެ 38 އަހަރުގެ ކައިވެނި ނިމުމަކަށް!

ގޯވިންދާ އާއި ސުނީތާގެ 38 އަހަރުގެ ކައިވެނި ނިމުމަކަށް!

Author
ޙަސަން މުޙައްމަދު
20 ނޮވެމްބަރ 2025 09:30
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ގޯވިންދާގެ 38 އަހަރުވީ ކައިވެނި ނިމުމަކަށް ދިއުމުގެ ހަބަރުތައް މިހާރު ހިނގަމުންދާއިރު، އޭނާގެ އަންހެނުން ސުނީތާ އަހޫޖާ ވަރިވުމަށް ހުށަހަޅާފައިވާކަން ގޯވިންދާގެ ފަރާތުން ހާމަކޮށްފައި ވެއެވެ. ދެމަފިރިންގެ މެދުގައި މައްސަލަތަކެއް އުޅޭކަމުގެ އަޑުތައް ފެތުރިގެން ދިޔައިރު، ބާންޑްރާ ފެމިލީ ކޯޓުގައި މައްސަލަ ކުރިއަށްދާކަމަށް ހާމަ ކޮށްފައި ވެއެވެ.

ނަމަވެސް ވަރިވުމުގެ ރަސްމީ ނިންމުމެއް އަދި ނިންމާފައިނުވާއިރު، ގޯވިންދާގެ ފަރާތުން ބުނެފައިވަނޯ މައްސަލަތައް ހައްލުކުރެވޭނެ ކަމުގެ އުންމީދު ބޮޑުކަމަށާއި ވަރިނުވާނެ ކަމަށެވެ. ދެމީހުންގެ ދަރިފުޅު ޓީނާ އަހޫޖާ ވަނީ މިއީ ދޮގު ހަބަރުތަކެއްކަމަށް ބުނެފައެވެ. ދެމަފިރިން ދާދިފަހުން ބޭއްވި ގަނޭޝް ފެސްޓިވަލްގައި އެކުގައި ފެނިފައިވީ ނަމަވެސް، ސުނީތާ ސޯޝަލް މީޑިއާގައި ދައްކަމުން އަންނަ ވާހަކަތަކުން ކައިވެނީގައި ހިތްހަމަނުޖެހުންތައް ހުރިކަން ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ބައެއް ފަރާތްތަކުން ބުނަނީ މިއީ ސަމާލުކަން ހޯދަން ކުރާ ކަމެއް ކަމަށްވީ ނަމަވެސް، ގިނަ ބަޔަކު ގަބޫލުކުރަނީ ދެމަފިރިންގެ މެދުގައި ހަގީގަތުގައިވެސް ބޮޑު މައްސަލަތަކެއް އެބައޮތް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.