ފަލަސްތީނުގެ ފުޓްބޯޅަ ޓީމަށް އެފްއޭއެމްއިން 300،000 ރުފިޔާގެ ހަދިޔާއެއް

ފަލަސްތީނުގެ ފުޓްބޯޅަ ޓީމަށް އެފްއޭއެމްއިން 300،000 ރުފިޔާގެ ހަދިޔާއެއް

Author
ހުސައިން
20 ނޮވެމްބަރ 2025 09:24
0

ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން(އެފްއޭއެމް)އިން ފަލަސްތީނުގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމަށް 300،000 ރުފިޔާގެ ހަދިޔާ މިއަދު ހަވާލުކޮށްފި އެވެ.

މިއީ އޭއެފްސީ ކަޕަށް ކޮލިފައި ވުމަށްޓަކައި ޕްރެކްޓިސް މެޗުތައް ކުޅެން މި މަހުގެ 10 ވަނަ ދުވަހު ރާއްޖެ އައި ފަލަސްތީނުގެ ޓީމުން ދިވެހި ޓީމާއެކު ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގެ ޓިކެޓް ވިއްކައިގެން ލިބުނު ފައިސާ ކަމަށް އެފްއޭއެމްއިން ހާމަކޮށްފައި ވެއެވެ. މި ފައިސާ ބޭނުންކޮށްގެން ފަލަސްތީނުގައި ފުޓްބޯޅަ ތަރައްގީކުރުމުގެ މަސައްކަތްތައް ކުރެވިދާނެ ކަމަށް އެ އެސޯސިއޭޝަނުން ފާހަގަ ކުރިއެވެ.

ފަލަސްތީނުގެ ޓީމު ރާއްޖޭގައި ތިބުމުގެ ހަރަދަށް ރާއްޖޭގެ ސަރުކާރުން 546،000 ރުފިޔާ ހަމަޖައްސައިދީފައިވެ އެވެ. އިސްރާއިލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާއި ހުޅަނގު އައްސޭރީގައި ހިންގާ އޮޕަރޭޝަންތަކާ ހުރެ ފަލަސްތީނުގެ ޓީމަށް އެ ގައުމުގައި ޕްރެކްޓިސް ކުރުމުގައި ބޮޑެތި ދަތިތައް ކުރިމަތިވަމުންދާ ކަމަށް ފާހަގަކުރެވެ އެވެ. އިސްރާއިލުން ފަލަސްތީނު ފުޓްބޯޅަ އެތައް ކުޅުންތެރިން ޝަހީދުކޮށްލައިފައިވާއިރު އިސްރާއިލް ސަސްޕެންޑްކުރަން ފީފާއަށް ގޮވާލާ ގޮވުންތައް އަޑުގަދަވެފައިވާ ނަމަވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.