23 އަހަރުގެ ހިދުމަތަށްފަހު ފަނޑިޔާރު ނިޔާޒު ރިޓަޔާކޮށްފި

23 އަހަރުގެ ހިދުމަތަށްފަހު ފަނޑިޔާރު ނިޔާޒު ރިޓަޔާކޮށްފި

Author
ހުސައިން
20 ނޮވެމްބަރ 2025 12:57
0

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ރިޓަޔާ ކުރައްވައިފިއެވެ. މިދިޔަ އާދީއްތަ ދުވަހު ރިޓަޔާ ކުރައްވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވުމުން، ޖޭއެސްސީން ވަނީ ފަނޑިޔާރުގެ ރިޓަޔަމެންޓް ގަބޫލުކޮށްފައެވެ.

ނިޔާޒު 2018 ވަނަ އަހަރުގެ ޖެނުވަރީ 25 ގައި ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަނު ކުރެއްވިއެވެ. އެއަށްވުރެ ކުރިން ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ކުރައްވާފައިވެއެވެ. ޝަރުއީ ދާއިރާގައި މަސައްކަތް ފައްޓަވާފައިވަނީ 2002 ވަނަ އަހަރު ވައިކަރަދޫ ކޯޓުންނެވެ. މިގޮތުން 23 އަހަރު ވަންދެން ފަނޑިޔާރު ނިޔާޒު ވަނީ ރާއްޖޭގެ ނިޒާމަށް ހިދުމަތް ކޮށްދެއްވާފައެވެ.

މީގެ އިތުރުން ފަނޑިޔާރު ނިޔާޒު މިދިޔަ އޮކްޓޯބަރު މަހު ޖޭއެސްސީގެ ނައިބް ރައީސްކަމުން ވެސް އިސްތިއުފާ ދެއްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.