ހައިކޯޓުގެ ހިންގުން ފަނޑިޔާރު ޖަމީލް މޫސާއާ ވަގުތީގޮތުން ހަވާލުކޮށްފި

ހައިކޯޓުގެ ހިންގުން ފަނޑިޔާރު ޖަމީލް މޫސާއާ ވަގުތީގޮތުން ހަވާލުކޮށްފި

Author
ހުސައިން
20 ނޮވެމްބަރ 2025 05:54
0

ޖުޑިޝަލް ސާވިސް ކޮމިޝަނުން ހައިކޯޓުގެ ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ ހަވާލުކޮށްފި އެވެ.

މި ބަދަލު ގެނައީ ހައިކޯޓުގެ އިސްފަނޑިޔާރުގެ ޒިންމާ ވަގުތީގޮތުން އަދާކުރައްވަމުން ގެންދެވި މުހައްމަދު ފައިސަލް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ނެވެ. އެހެންނަމަވެސް ފައިސަލް އެ ނިންމެވުން ނިންމަވާފައިވާ ސަބަބެއް އަދި ހާމައެއް ނުވެ އެވެ.

ފައިސަލް ހައިކޯޓުގެ އިސްފަނޑިޔާރުގެ ޒިންމާ އަދާކުރައްވަމުން ގެންދެވީ އެ މަގާމަށް އައްޔަން ކުރަން ޖޭއެސްސީން ނިންމުމާ ގުޅިގެން ނަމަވެސް ރަސްމީކޮށް އައްޔަންކޮށް ފަތްކޮޅު ދެއްވާފައެއް ނުވެ އެވެ. ފަނޑިޔާރު ޖަމީލް މޫސަ ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރެވިފައިވަނީ މި އަހަރުގެ އޮގަސްޓު މަހު އެވެ. އޭނާއަކީ ޝަރީއާ އަދި ޤާނޫނު ދާއިރާއިން އިލްމީ ފެންވަރު ހުރި ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.