ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު 16 ބިލިއަން ރުފިޔާއަށް

ދައުލަތަށް ލިބެން ޖެހޭ ފައިސާގެ އަދަދު 16 ބިލިއަން ރުފިޔާއަށް

Author
ހުސައިން
19 ނޮވެމްބަރ 2025 10:17
0

އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރެފައިވާ މިދިޔަ އަހަރުގެ ބަޖެޓުގެ އޮޑިޓުން ހާމަވެފައިވާ ގޮތުން، ދައުލަތަށް މިދިޔަ އަހަރުގެ ނިޔަލަށް ލިބެން ޖެހޭ ފައިސާގެ ޖުމްލަ އަދަދު 16 ބިލިއަން ރުފިޔާއަށް ނުވަތަ އެއް ބިލިއަން ޑޮލަރަށްވުރެ މައްޗަށް ވަނީ އަރާފައެވެ.

މީރާއަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ޓެކުހުގެ ލުއިތައް ދިނުމުގެ ސަބަބުން ނުދައްކާ ހުރި ފައިސާގެ އަދަދު 6.2 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް ވަނީ އަރާފައެވެ. މީގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއަށް އިމްޕޯޓް ޑިއުޓީއާއި ޖޫރިމަނާގެ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ނުލިބި ހުރި ފައިސާގެ އަދަދު 571 މިލިއަން ރުފިޔާއަށްވުރެ މަތިވެފައިވާ ކަމަށް އޮޑިޓުން ދައްކައިފި އެވެ. މި އަދަދު 2020 ވަނަ އަހަރު ހުރީ 354 މިލިއަން ރުފިޔާގައި ކަމަށާއި، ކޮންމެ އަހަރަކު ވެސް މި އަދަދު އިތުރުވަމުން އަންނަ ކަމަށް އޮޑިޓުން ފާހަގަކުރެއެވެ.

އޮޑިޓަ ޖެނެރަލް ވިދާޅުވެފައިވާ ގޮތުން ސަރުކާރު ކުންފުނިތަކުން ލިބެން ޖެހޭ ޑިވިޑެންޑާއި ބަޖެޓުން ދީފައިވާ ލޯނުތަކަށް ނުދައްކާ ހުރި ޖުމްލަ އަދަދު ހަތަރު ބިލިއަން ރުފިޔާއަށް ވަނީ އުފުލިފައެވެ. މީގެ ތެރެއިން ދެ ބިލިއަން ރުފިޔާ އޮތީ ސަރުކާރަށް ޑިވިޑެންޓުގެ ގޮތުގައި ލިބެން ޖެހޭ ފައިސާގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.