ކުރިން ފްލެޓެއް ލިބިފައިވާނަމަ މި ސަރުކާރުން ކުރިއަށް ގެންދާ އައު ސްކީމްތަކަށް ކުރިމަތި ނުލެވޭނެ

ކުރިން ފްލެޓެއް ލިބިފައިވާނަމަ މި ސަރުކާރުން ކުރިއަށް ގެންދާ އައު ސްކީމްތަކަށް ކުރިމަތި ނުލެވޭނެ

Author
ހުސައިން
17 ނޮވެމްބަރ 2025 02:13
0

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތު އިފްތިތާހް ކޮށްފައިވާއިރު ކުރިން ފްލެޓެއް ލިބިފައިވާނަމަ، މި ސަރުކާރުން ކުރިއަށް ގެންދާ އައު ސްކީމްތަކަށް ކުރިމަތިވެސް ނުލެވޭނެ ކަމަށް ކަނޑައަޅައިފި އެވެ.

"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތު އިފްތިތާހުކޮށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ އުސޫލްތައް ވަނީ އާއްމުކޮށްފަ އެވެ.

މި އުސޫލުތަކުގައި މާލޭ ރަށްވެހީންގެ ގޮތުގައި ބަލާނެެ މިންގަނޑުތަކާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށު މީހުން ފްލެޓަށް ކުރިމަތިލާއިރު ބަލާނެ މިންގަނޑުތައް ހިމަނާފައިވެ އެވެ. އެގޮތުން ފްލެޓް ދޫކުރުމުގެ އެންމެ އަސާސީ މިންގަނޑުވެސް ތަފްސީލުކޮށް ހިމަނާފައިވެ އެވެ.

އެގޮތުން ފިރިމީހާ ނުވަތަ އަނބިމީހާއަށް މީގެ ކުރީން ބޯހިޔާވަހިކަމެއް ލިބިފައިވާނަމަ އައު ސްކީމްތަކަށް ކުރިމަތިނުލެވޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އަދި 400 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނޫނީ އަމިއްލަ ބިން ނުވަތަ ގޯތިގެދޮރު މިލްކުވެފައިވާ މީހަކަށްވެސް ކުރިމަތިނުލެވޭނެ އެވެ.

މީގެ އިތުރުން ރިއަލް އެސްޓޭޓް މާކެޓުން ފްލެޓެއް ގަނެ ނުވަތަ އެފަދަ ތަނެއް ގަތުމަށް އެއްބަސްވެ ފައިސާ ދައްކަމުންދާ މީހަކަށްވެސް ކުރިމައްޗެއް ނުލެވޭނެ އެވެ.

އައު އުސޫލު ބުނާ ގޮތުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ފްލެޓަށް ކުރިމަތި ލެވޭނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.