ހުޅުމާލޭގައި އިވެންޓް ބޭއްވޭނީ އެޗްޑީސީގެ ހުއްދަ އޮވެގެން

ހުޅުމާލޭގައި އިވެންޓް ބޭއްވޭނީ އެޗްޑީސީގެ ހުއްދަ އޮވެގެން

Author
ހުސައިން
16 ނޮވެމްބަރ 2025 07:43
0

ހުޅުމާލޭގެ ސަރަހައްދުތަކުގައި ހުއްދަ ނަގާނުލައި އިވެންޓްތަކާއި ފެއާތައް ބާއްވަމުން ގެންދާތީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން  އިންޒާރު ދީފިއެވެ.

އެޗްޑީސީން މިއަދު ބުނީ ބައެއް ފަރާތްތަކުން ކޯޕަރޭޝަނުގެ ހުއްދަ ނެތި އިވެންޓު ބާއްވަމުން ސްޓޯލްތައް ވިއްކަމުން ގެންދާ ކަމަށާއި މި ކަންކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ހުޅުމާލޭގައި އިވެންޓެއް ބާއްވާ ފަރާތްތަކުން ސްޓޯލެއް ގަތުމުގެ ކުރިން އެ އިވެންޓް ރާވާ ފަރާތަށް އެޗްޑީސީން ހުއްދަ ދީފައިވޭތޯ ޕާމިޓްސް އެންޑް ސާވިސް ސެކްޝަން ނަންބަރު 3356112 އަށް ގުޅައި ޔަގީން ކުރުމަށް އެޗްޑީސީން އެދެއެވެ.

އެޗްޑީސީގެ ހުއްދައެއް ނެތި ބާއްވާ އިވެންޓްތަކުގައި ބައިވެރިވުމުގެ ސަބަބުން ލިބިދާނެ މާލީ ގެއްލުމަކަށް ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށް ވެސް އެޗްޑީސީން ހާމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.