ރައީސްގެ ދަރިކަލުންނާއި ބެހޭގޮތުން މުޒާހަރާގައި ދެއްކި ވާހަކަތަކުގެ ޒިންމާ ފައްޔާޒްއާއި އެމްޑީޕީން އުފުލާން ޖެހޭނެ: ހުކުމް

ރައީސްގެ ދަރިކަލުންނާއި ބެހޭގޮތުން މުޒާހަރާގައި ދެއްކި ވާހަކަތަކުގެ ޒިންމާ ފައްޔާޒްއާއި އެމްޑީޕީން އުފުލާން ޖެހޭނެ: ހުކުމް

Author
ޙަސަން މުޙައްމަދު
16 ނޮވެމްބަރ 2025 07:38
0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާ ގުޅޭ ގޮތުން އެމްޑީޕީގެ މުޒާހަރާއެއްގައި ދެއްކި ވާހަކަތަކުގެ ޒިންމާ އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް އާއި އެމްޑީޕީން ވާން ޖެހޭނެ ކަމަށް ފެމިލީ ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ހުށަހެޅުއްވި މި މައްސަލާގައި ކޯޓުން ކަނޑައަޅާފައިވަނީ އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރާއި މާޒް އަހުމަދު ސަލީމް މުޒާހަރާގައި ދެއްކި ވާހަކަތަކަށް ޕާޓީގެ އިސް ފަރާތެއްގެ ހައިސިއްޔަތުން ފައްޔާޒު ޒިންމާވާން ޖެހޭނެ ކަމަށެވެ. މި ވާހަކަތަކަށް އެމްޑީޕީން ވެސް ޒިންމާވާން ޖެހޭނެ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.

މި ހުކުމުގައި، ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެމްޑީޕީ އާއި ފައްޔާޒާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމަށް ވެސް ފެމިލީ ކޯޓުން ނިންމާފައިވެއެވެ. މި މައްސަލަ ރައީސްގެ އަނބިކަނބަލުން ސާޖިދާގެ ފަރާތުން ސިވިލް ކޯޓަށް ވެސް ހުށަހަޅާފައިވާއިރު، އެ ކޯޓުން ކުރިން ކަނޑައަޅާފައިވަނީ ރައީސްގެ ދަރިކަލުންގެ އަބުރު ނިގުޅައިގެންފައިވާ ކަމަށާއި ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

ނަމަވެސް އެ ވާހަކަތަކުގެ ޒިންމާ އެމްޑީޕީ އާއި ފައްޔާޒަށް މަތިކުރެވޭނެ ހަމައެއް ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.