މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 49 މަސްވެރިންނަށް މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ބޭންކް އޮފް މޯލްޑިވްސްއިން ލޯނު ދޫކޮށްފައިވާކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ސަރުކާރުން އެކުލަވާލި މަސްވެރިންގެ ޤައުމީ ދަފްތަރުގެ ބޭނުމަކީ މަސްވެރިންނަކީ ދައުލަތް ދަންނަ، ފަސޭހައިން ލޯނާއި އެހެނިހެން ޚިދުމަތްތައް ލިބޭ ބަޔަކަށް ހެދުމެވެ. މި އިންތިޒާމުގެ ދަށުން ބީއެމްއެލްއާއި މަސްވެރިކަމުގެ ވުޒާރާއާ ދެމެދު އެޕްރީލް 28 ގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މަސްވެރިންނަށް ލޯނު ދޫކުރަން ފަށާފައިވަނެވެ.
ޝަރުތު ހަމަވާ މަސްވެރިންނަށް ރަހުނަކާ ނުލައި 300،000 ރުފިޔާއާ ހަމައަށް ޕަރސަނަލް ފައިނޭންސިންގ ނެގޭނެއެވެ. މީގެއިތުރުން ކްރެޑިޓް ކާޑު، ގެދޮރު ގަތުމާއި އިމާރާތްކުރުމަށް ބޭނުންވާ ލޯނުވެސް ފަސޭހަކަމާއެކު ލިބޭނެއެވެ. މަސްވެރިކަމުގެ މޫސުމީ ބަދަލުތަކަށް ރިއާޔަތްކޮށް ލޯނު އަނބުރާ ދެއްކުމަށް ލުއިފަސޭހަ އިންތިޒާމުތަކެއްވެސް ބޭންކުން ހަމަޖައްސާދީފައިވާކަމަށް ވުޒާރާއިން ބުނެއެވެ.
ކޮމެންޓު ފޮނުވާ