ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު 2241 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައިވާ ކަމަށް ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކޮށްފި އެވެ. މި ސްކީމުގެ ދަށުން ޖުމްލަ 3548 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީ ނެގުމުގެ މަސައްކަތް ދަނީ ކުރިޔަށެވެ.
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ސަރުކާރުން ގެނައި ބަދަލުތަކާ ގުޅިގެން ގޯތީގެ ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ވަނީ އަލުން ފަށާފަ އެވެ. މި ބަދަލުތަކުގެ ސަބަބުން ޕްލޮޓްތައް ކަނޑައެޅުމަށް އަލުން ގުރުއަތު ނަގާފައިވާއިރު، ކުރިން ދޫކުރި ބައެއް ޕްލޮޓްތައް ބަދަލުވެފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ. ރަޖިސްޓްރީ ނެގުމަށް އެޕޮއިންޓްމަންޓް ހެދުމުގެ ފުރުސަތު މި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވެ އެވެ.
އާ ލޭންޑް ޔޫސް ޕްލޭނުގައި ގުޅީފަޅުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހުރިހާ ހިދުމަތެއް ގާއިމުކުރުމަށް ބިން ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ތައުލީމީ އަދި ސިއްހީ ހިދުމަތްތަކާއި، ސިޓީ ހޮޓާ، އިންޑަސްޓްރިއަލް ސަރަހައްދުތަކާއި، ޕާކުތަކާއި ކުޅިވަރު ކުޅޭނެ ސަރަހައްދުތައް ހިމެނެ އެވެ. މި ހުރިހާ ކަމަކުން ލަނޑުދަނޑި ކުރެވެނީ ގުޅީފަޅު ދިރިއުޅުމަށް ފަހި، ހިތްފަސޭހަ މާހައުލަކަށް ހެދުމަށެވެ.
ކޮމެންޓު ފޮނުވާ