ދިވެހި ދަރިވަރުންނަށް ޗައިނާ ސަރުކާރުގެ ސްކޮލަރޝިޕް ފުރުސަތުތަކަށް ކުރިމަތިލުމުގެ ފުރުސަތު ޗައިނާ އެމްބަސީން ހުޅުވާލައިފިއެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އަހަރުގެ ފެބްރުއަރީ 10 ވަނަ ދުވަހުކަމަށް އެމްބަސީން ހާމަކޮށްފައިވެއެވެ.
ހުރިހާ އެޕްލިކޭޝަންތަކެއް ބަލައިގަންނާނީ އޮންލައިން ކޮށްކަމަށާއި، އެޕްލިކޭޝަން ހުށަހަޅާފަރާތްތަކުން "ސްޓަޑީ އިން ޗައިނާ" ވެބްސައިޓުގެ "ސްކޮލަރޝިޕް އެޕްލިކޭޝަން ފޮރ ސްޓޫޑެންޓްސް" ސެކްޝަނަށް ވަދެ އޮންލައިންކޮށް ފޯމް ހުށަހެޅޭނެކަމަށް އެމްބަސީން ބުނެއެވެ. ފޯމް ހުށަހަޅާއިރު ސައްހަ ލިޔުންތައް ފޮނުވުމަށް އެމްބަސީން އިލްތިމާސްކޮށްފައިވެއެވެ.
އަންޑަރގްރެޖުއޭޓް ޕްރޮގްރާމްތަކަށް ކުރިމަތިލާ ފަރާތްތަކުން ޗައިނާ ސްކޮލަސްޓިކް ކޮމްޕެޓެންސީ އެސެސްމެންޓް (ސީއެސްސީއޭ) ޓެސްޓް ހަދައި، އެ ނަތީޖާ ރިޕޯޓު ހުށަހަޅަންޖެހޭނެކަމަށާއި، މި ޓެސްޓަކީ ޔުނިވަރސިޓީ އެޑްމިޝަނަށް ކޮންމެހެން ބޭނުންވާ ލިޔުމެއްކަމަށް އެމްބަސީން ފާހަގަކޮށްފައިވެއެވެ. މި ޓެސްޓަށް ރަޖިސްޓަރީވުމުގެ ފުރުސަތު މި އަހަރުގެ ޑިސެމްބަރު 21 އަދި އަންނަ ޖެނުއަރީ 25 ގައި ލިބެނެއެވެ. މިކަމާގުޅޭ އިތުރު މައުލޫމާތު www.csca.cn އިން ނުވަތަ އެމްބަސީ ނަންބަރު 4622 އަށް ގުޅައިގެން ސާފުކުރެވޭނެއެވެ.
ކޮމެންޓު ފޮނުވާ