40 އަހަރުގެ ހިދުމަތަށް، މީދޫ މޫސާ އަންވަރަށް ސިއްހީ ދާއިރާއަށް ހިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު

40 އަހަރުގެ ހިދުމަތަށް، މީދޫ މޫސާ އަންވަރަށް ސިއްހީ ދާއިރާއަށް ހިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު

Author
ޙަސަން މުޙައްމަދު
11 ނޮވެމްބަރ 2025 10:08
0

ސިއްހީ ދާއިރާއަށް 40 އަހަރަށްވުރެ ގިނަ ދުވަހު ވަފާތެރިކަމާއެކު ހިދުމަތްކުރެއްވި އައްޑޫ މީދޫ މޫސާ އަންވަރަށް ސިއްހީ ދާއިރާއަށް ހިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރުވައިފި އެވެ. މިއަދު ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ޖަލްސާގައި މި ޝަރަފު އެރުވީ ދިވެހި ދައުލަތަށް ތަފާތު ގޮތްގޮތުން ޚިދުމަތް ކުރެއްވި އެހެން ބޭފުޅުންނާއެކު އެވެ.

މޫސާ އަންވަރު ސިއްހީ ދާއިރާއަށް ނުކުންނެވީ އުމުރުން މަދު 16 އަހަރުގައި، އިނގިރޭސިން އައްޑޫގައި ތިބި ދުވަސްވަރު ގަމުގެ ރޯޔަލް އެއާފޯސް ރީޖަނަލް މެޑިކަލް ސެންޓަރުގަ އެވެ. 1977 ވަނަ އަހަރު މާލެއަށް ބަދަލުވުމަށްފަހު އޭނާ ވަނީ އޭރުގެ އެލައިޑް ހެލްތު ސާވިސް ސެންޓަރުގައި ޕްރެކްޓިކަލް ނަރުހެއްގެ ގޮތުގައި މަސައްކަތްކުރައްވައި، ފަހުން ހެލްތު މިނިސްޓްރީގެ އެކި މަގާމުތަކުގައި ޚިދުމަތްކުރައްވާފަ އެވެ.

އަތޮޅުތަކުގައި ސިއްހީ ހިދުމަތް ފުޅާކުރުމަށް ގާއިމްކުރި ހޮސްޕިޓަލްތައް ތަރައްގީކުރުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާ ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.