ހިތަދޫ މިސްކިތަކަށް ހަމަލާދީ ގެއްލުން ދީފި

ހިތަދޫ މިސްކިތަކަށް ހަމަލާދީ ގެއްލުން ދީފި

Author
ހުސައިން
10 ނޮވެމްބަރ 2025 08:52
0

އައްޑޫ ސިޓީ ހިތަދޫގެ މަސްޖިދުލް ޢުމަރުލް ފާރުޤަށް ރޭގެ ވަގުތެއްގައި ބަޔަކު ގެއްލުންތަކެއް ދީފިއެވެ.

މިސްކިތުގައި ހުރި ގޮނޑިތަކާއި ފެންފުޅިތައް އުކާލައި ހަލާކުކޮށް، މިސްކިތުގެ ފަންކާތަކަށް ވެސް ގެއްލުންދީފައިވާ އިރު، ކަރަންޓު ބޯޑަށް ވެސް ގެއްލުންތަކެއް ދީފައިވެ އެވެ. މިކަންކަން ކުރީ ކޮން ބަޔަކު ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. މި މައްސަލައާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ އިރު، ތަހުގީގު ކުރިއަށް ދާކަން ފާހަގަކުރެވެ އެވެ.

މީގެ ކުރިން ވެސް ހިތަދޫ މިސްކިތަކުން ފަންކާ ވަގަށް ނެގި މައްސަލައެއް ފެންމަތިވި ނަމަވެސް، އެ މައްސަލާގައި ފުލުހުންގެ ތަހުގީގުގައި ވަގަށް ނެގި ފެންކާތައް ހޯދައިދެވިފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.