ފަތުރުވެރިކަމުގެ މި ހައި ސީޒަންގައި ރާއްޖެއަށް ކޮންމެ ދުވަހަކު އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ފާއިތުވެދިޔަ ހަ މަސްދުވަސް ނިމުނު ދުވަސްވަރާއި އަޅާބަލާއިރު އިތުރުވެފައެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން ނޮވެމްބަރު މަހުގެ ފުރަތަމަ ފަސްދުވަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 32،895 އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 12.3 ޕަސެންޓް އިތުރު އަދަދެކެވެ. މިއާއެކު ދުވާލަކަށް އެވްރެޖްކޮށް 6،579 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 1.8 މިލިޔަން ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ 2024 ގެ އެ މުއްދަތާއި އަޅާބަލާއިރު 9.8 ޕަސެންޓް އިތުރު އަދަދެކެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިންކަން ފާހަގަކޮށްލެވެއެވެ. އެގައުމުން މިހާތަނަށް 300،000 އަށް ގާތްކުރާ އަދަދަކަށް ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ.
މި އަހަރު ސަރުކާރުން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް އަމާޒުހިފާފައިވާއިރު، ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމާއެކު 20 އަށްވުރެ ގިނަ އެއަރލައިނެއް މިހާރުވަނީ އެ ޓާމިނަލްއަށް އޮޕަރޭޝަންސް ބަދަލުކޮށްފައެވެ.
ކޮމެންޓު ފޮނުވާ