ދިވެހިރާއްޖެ އަށް އަންނަ އަހަރު 2.4 މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒު ޓޫރިޒަމް މިނިސްޓްރީން ހިފައިފި އެވެ. މި އަހަރުގެ ޓާގެޓަކަށް ކަނޑައަޅާފައިވަނީ 2.3 މިލިއަން ޓޫރިސްޓުންނެވެ. ނަމަވެސް އަހަރު ނިމުމަށް ދޮޅު މަސްދުވަސް ހާއިރު މިހާތަނަށް 1.8 މިލިއަން ޓޫރިސްޓުން އައިސްފައިވާތީ، މި އަހަރުގެ ޓާގެޓް ހާސިލްކުރުމަށް ބާކީ އޮތް މުއްދަތުގައި 400،000 އަށްވުރެ ގިނަ ޓޫރިސްޓުން ބޭނުންވާނެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ރާއްޖެ އަށް ދުވާލަކު އެވްރެޖްކޮށް 6،579 ޓޫރިސްޓުން ޒިޔާރަތްކުރަމުންދާއިރު، ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހާ ހަމައަށް 32،895 ޓޫރިސްޓުން އައިސްފައިވެ އެވެ. މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޗައިނާއިން ކަމަށާއި، މިދިޔަ އަހަރު ރާއްޖެ އަށް ޖުމްލަ 2.2 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރި ކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ.
ކޮމެންޓު ފޮނުވާ