64 ބިލިއަން ރުފިޔާގެ ބަޖެޓް ދިރާސާކުރަން ކޮމިޓީ އެކުލަވާލައިފި، މުގައްރިރަކަށް ސަލީމް

64 ބިލިއަން ރުފިޔާގެ ބަޖެޓް ދިރާސާކުރަން ކޮމިޓީ އެކުލަވާލައިފި، މުގައްރިރަކަށް ސަލީމް

Author
ޙަސަން މުޙައްމަދު
06 ނޮވެމްބަރ 2025 04:49
0

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރުގެ 64.2 ބިލިއަން ރުފިޔާގެ ބަޖެޓް ދިރާސާކުރުމަށް ކޮމިޓީއެއް އެކުލަވާލައި މިއަދު ބޭއްވި ބައްދަލުވުމުގައި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް މުގައްރިރުކަމަށް އިންތިހާބުކޮށްފި އެވެ. ކޮމިޓީގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ސަލީމް މުގައްރިރުކަމަށް އިންތިހާބުވި އިރު، ނައިބު މުގައްރިރުކަމަށް އިންތިހާބުވީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަދި އިގްތިސާދީ ކޮމިޓީގެ މުގައްރިރު އަލީ ފަޒާދެވެ.

ބަޖެޓް ކޮމިޓީން މިއަދުގެ ބައްދަލުވުމުގައި ބަޖެޓް ދިރާސާކޮށް ނިންމަން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ނިންމުމަށް ނިންމީ އެވެ. ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުން 39.9 ބިލިއަން ރުފިޔާ ނުވަތަ 62 ޕަސެންޓް ކަނޑައަޅާފައިވަނީ ރިކަރަންޓް ހަރަދަށް ކަމަށާއި، މީގެ ތެރޭގައި ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް ހާމަނައިޒްކުރުން ހިމެނޭ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވެއެވެ. ކެޕިޓަލް ހަރަދަށް 9.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

އަންނަ އަހަރު ޓެކްހުގެ ގޮތުގައި 31.3 ބިލިއަން ރުފިޔާއާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވެއެވެ. ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު، ޖުމްލަ އާމްދަނީއަކީ 40.3 ބިލިއަން ރުފިޔާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.