ރާއްޖެ އަކަށް އަދި ޑިމޮކްރަސީ ނާދޭ: ޑރ.ޝަހީދު

ރާއްޖެ އަކަށް އަދި ޑިމޮކްރަސީ ނާދޭ: ޑރ.ޝަހީދު

Author
މުޙައްމަދު ޝަޒައިމް
08 ޖެނުއަރީ 2021 10:16
0

ރާއްޖެއަކީ ޑިމޮކްރަސީގައި މިއަދު ފައްކާވެ ކުރިއަރާފައިވާ ޤައުމެއްކަމަށް އިލެކްޝަން ކޮމިޝަންގެ މެމްބަރު އިސްމާއިލް ހަބީބު ދެއްކެވި ވާހަކަތަކަށް ކުރީގެ ފޮރިން މިނިސްޓަރ ޑރ.އަހުމަދު ޝަހީދު ރައްދު ދެއްވައިފިއެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ ޑިމޮކްރަސީކަމަށް ބުނަމުންދާ އެމެރިކާގެ ރައީސް ޓްރަމްޕް އިންތިޚާބުން ބަލިވެ ވެރިކަމުން ފޭބުމަށް ދެކޮޅު ހައްދަވައި ހިންގެވި ހަމަނުޖެހުންތަކާއި ގުޅިގެން ހަބީބު ވިދާޅުވީ މިއީ ދުނިޔޭގެ އެންމެ ވަރުގަދަ ޑިމޮކްރަސީން ފެންނަމުންދާ މަންޒަރުކަމަށެވެ. މިމަންޒަރަށް ބަލާއިރު ރާއްޖެއިން ފެންމުންދާ ޑީމޮކްރަސީ މާބޮޑަށްވެސް ފައްކާ ވަމުންދާކަމަށެވެ.

ހަބީބުގެ މިވާހަތަކާއި ގުޅިގެން ޑރ.ޝަހީދު ވިދާޅުވެފައިވަނީ ޑިމޮކްރަސީއަކީ ހަމައެކަނި ވޯޓުލައި އިންތިޚާބު ބޭއްވުމެއް ނޫންކަށެވެ. ޑިމޮކްރަސީއަކީ އަސާސީ ހައްގު ހިމާޔަތްކޮށް، އެކަން ކަށަވަރު ކުުރުން ކަމަށާއި، އެކަން ކަށަވަރު ނުކޮށްދެވޭ ޤައުމެއްގައި ޑީމޮކްރައީއެއް ނޯންނާނެކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.

ވަރަށް ބޮޑަށް މާފު ކުރައްވާ! ރާއްޖެ އަކަށް އަދި ޑިމޮކްރަސީ ނާދޭ! ޑިމޮކްރަސީއަކީ ހަމައެކަނި ވޯޓު ލުމެއްނޫން. ޕާތީ އުފެއްދުމެއްވެސް ނޫން. ރޫޕް އޮފް ލޯ އާއި އަސާސީ ހައްގު ހިމާޔަތް ނުކުރެވޭ ޤައުމަކީ ޑިމޮކްރަސީއެއްނޫން.

– ޑރ.ޝަހީދު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވެފައިވަނީ އިއްޔެ ޓްރަމްޕްގެ އަމަލުތައް ހުރި ގޮތުން މިއަދު ދުނިޔެއަށް ކަންބޮޑުވުން އަންނައިރު، ރާއްޖޭގެ ދިގު 30 އަހަރުގެ ވެރިކަމަކަށްފަހު ރައީސް މައުމޫން ދެއްކެވި ހިތްވަރާއި ސާބިތު ކަމަކަކީ މިއަދު ދުނިޔެއަށްވެސް ނަމޫނާއެއް ކަމަށެވެ. އަދި އެކަމަށްޓަަކައި އެމަނިކުފާނަށް ސެލިއުޓް އަރުވަންޖެހޭ ކަމަށް ހަބީބު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ޑިމޮކްރަސީއަށް އަމަލުކުރަން ފެށި އެންމެ ޒަމާނީ ޑީމޮކްރަޓިކް ޤައުމުތަކާއި އެއްގޮތަށް ކަންތައްތައް ކުރަން ފެށިފައިވަނީ 2007 ވަނަ އަހަރު ފާސްކުރެވުނު ޤާނޫނު އަސާސީއާއި އެކުގައެވެ. ނަމަވެސް އެޤާނޫނު އަސާސީއާއި އެކީގައިވެސް ޑިމޮކްރަސީ ފައްކާކޮށް، ޑިމޮކްރަޓިކް ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަންކަން ނުކުރެވޭކަމީ މިއަދުވެސް ގިނަ ބައެއްގެ ކަންބޮޑުވުން އޮތްކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

M Maalas
Aan democracy annaane ghairu dheenthakuge falhi elheema, eyennu thinuvegen ulhey kamakee