ނަރުސް މަރުގެ މައްސަލާގައި ލަމްހާ އަލުން ބަންދުކޮށްފި

ނަރުސް މަރުގެ މައްސަލާގައި ލަމްހާ އަލުން ބަންދުކޮށްފި

ގުޅުންހުރި

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއްކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދަޢުވާލިބޭ ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާން ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރިން ނިންމި ނިންމުން ބަދަލުކޮށް އަލުން ބަންދުކުރަން ނިންމައިފިއެވެ.

މި ނިންމުމަށް ވާސިލުވީ ހައިކޯޓުން މި އަހަރުގެ ފެބްރުއަރީ 5 ގައި ލަމްހާ ދޫކޮށްލި ނިންމުން ބާޠިލުކޮށް، އެ މައްސަލައިގައި އަލުން ގޮތެއް ކަނޑައަޅަން ކްރިމިނަލް ކޯޓަށް އަންގައި ޙުކުމްކުރުމުންނެވެ. ލަމްހާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ އަމުރުކުރީ 2022 ވަނަ އަހަރުގެ ފެބްރުއަރީ 21 ގައެވެ. އެއީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާތީއާއި މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލެވިގެންނެވެ.

2023 ވަނަ އަހަރުގެ ނޮވެންބަރުގައި ލަމްހާ ވަގުތީ ގޮތުން ދޫކޮށްލި ނަމަވެސް ހައިކޯޓުން އެ ނިންމުން ބާޠިލުކޮށް އަނެއްކާވެސް އޭނާގެ ބަންދު ދަމަހައްޓަވާފައި ވެއެވެ. މިދިޔަ އަހަރުގެ ނޮވެންބަރު 12 ގައިވެސް ކްރިމިނަލް ކޯޓުން ލަމްހާ ދޫކޮށްލި ނަމަވެސް ޕީޖީން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމުން، ހައިކޯޓުން އެ ނިންމުން ބާޠިލުކުރައްވައި އޭނާ އަލުން ބަންދުކުރުމަށް ކްރިމިނަލް ކޯޓަށް އަންގަވާފައި ވެއެވެ.

މި މައްސަލާގައި މިމަހުގެ 4 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ޤާޟީ އިބްރާހިމް ޒިހުނީ ވަނީ ލަމްހާއަށް ކުރެވޭ ތުހުމަތުތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ބަންދުކުރި ހާލަތަށް ބަދަލެއް ނާންނަ ކަމަށް ނިންމަވާފައެވެ. އެހެންކަމުން ޝަރީޢަތް ނިމެންދެން ރިމާންޑް ޖަލުގައި ލަމްޙާ ބަންދުކުރުމަށް ޤާޟީ އަމުރުކުރެއްވިއެވެ. 2021 ވަނަ އަހަރު ރާއްޖޭގައި މަރުވި މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ލަމްހާގެ އިތުރުން، މޭރީގެ ފިރިމީހާ މާރވިން އެސް.ވައިގެ މައްޗަށްވެސް ދައުވާ އުފުލާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ