ރާއްޖޭގެ ޓޫރިސްޓު އެނދުގެ އަދަދު 66،000 އަށް އަރައިފި

ރާއްޖޭގެ ޓޫރިސްޓު އެނދުގެ އަދަދު 66،000 އަށް އަރައިފި

Author
ހުސައިން
05 ނޮވެމްބަރ 2025 09:00
0

ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތްދޭން ހުރި އެނދުގެ އަދަދު މިހާރު 66،000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ޓޫރިސްޓު އެނދުގެ އަދަދު ވަނީ 66،030 އަށް އަރާފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 1،290 އެނދު އިތުރުވުމެކެވެ.

މި އެނދުތަކުގެ ތެރެއިން ރިސޯޓްތަކުގައި 44،239 އެނދު ހުރިއިރު، ގެސްޓްހައުސްތަކުގައި 16،060 އެނދު އެބަހުއްޓެވެ. އަދި ސަފާރީތަކުގައި 3،247 އެނދާއި ހޮޓެލްތަކުގައި 2،484 އެނދު ހުރެއެވެ. މިހާރު ރާއްޖޭގައި 176 ރިސޯޓާއި މެރީނާ، 934 ގެސްޓްހައުސް އަދި 164 ސަފާރީ ހިންގަމުން ދެއެވެ.

ސްޓެޓިސްޓިކްސްތަކުން ދައްކާ ގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ އެނދުތަކުގެ ބޮޑު ބައެއް އޮތީ ރިސޯޓްތަކަށެވެ. އަދި އެނދުތަކުގެ ތެރެއިން އެންމެ ބޮޑު ނިސްބަތެއް، ގާތްގަނޑަކަށް 33 ޕަސެންޓަށްވުރެ ގިނައިން ހުރީ މާލެ އަތޮޅުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.