މަސްވެރިކަމުގެ ލައިސަންސް ހޯދުމާއު އައުކުރަން ދެން ހުށަޅަންޖެހޭނީ އޮންލައިން ކޮށް

މަސްވެރިކަމުގެ ލައިސަންސް ހޯދުމާއު އައުކުރަން ދެން ހުށަޅަންޖެހޭނީ އޮންލައިން ކޮށް

ގުޅުންހުރި

ފިޝަރީޒް މިނިސްޓްރީން ދޭ ޚިދުމަތްތައް ޑިޖިޓަލްކުރުމުގެ ގޮތުން މަސްވެރިކަމުގެ ލައިސަންސް ހޯދުމާއި އައު ކުރުމުގެ މަސައްކަތްތައް 'ކެޔޮޅު' ވެބް ޕޯޓަލަށް ބަދަލުކޮށްފިއެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި މިއަދުން ފެށިގެން މަސްވެރިކަމުގެ ލައިސަންސަށް އެދޭ ފޯމުތައް ބަލައިގަންނާނީ ހަމައެކަނި މި އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ. ލައިސަންސް އައު ކުރުމުގެ ޚިދުމަތް 23 ނޮވެންބަރުން ފެށިގެން މި ޕޯޓަލަށް ބަދަލުވެގެންދާނެއެވެ.

މި ޕޯޓަލް ބޭނުންކުރުމަށް އީފާސް އެކައުންޓް މެދުވެރިކޮށް ލޮގްއިން ވާންޖެހެއެވެ. 'ކެޔޮޅު' އަކީ މިހާރުވެސް މަހުގެ އުފެއްދުންތަކުގެ ލައިސަންސް، ކެޗް ސެޓްފިކެޓް އަދި އެކްސްޕޯޓް ޚިދުމަތްތަކަށް މިނިސްޓްރީން ބޭނުންކުރަމުންދާ ވަސީލަތެކެވެ. މީގެ އިތުރުން ކަށި މިޔަރު މަސްވެރިކަމުގެ ލައިސަންސް ހޯދުމުގެ ފުރުޞަތުވެސް މި ޕޯޓަލް މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

އަލަށް ހިންގާ މި ނިޒާމުގެ ގައިޑްލައިންސް ވުޒާރާގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާއިރު، މަސްވެރިންނާއި ކުންފުނިތަކުން އެއަށް ރިއާޔަތްކުރުމަށް މިނިސްޓްރީން އިލްތިމާސްކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ