ޔޫއެސް-ބަންގްލާ އެއާލައިން ވީއައިއޭގެ އާ ޓާމިނަލަށް ބަދަލު ކޮށްފި

ޔޫއެސް-ބަންގްލާ އެއާލައިން ވީއައިއޭގެ އާ ޓާމިނަލަށް ބަދަލު ކޮށްފި

Author
ހުސައިން
03 ނޮވެމްބަރ 2025 11:33
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލުން ބަންގްލަދޭޝްގެ ޔޫއެސް-ބަންގްލާ އެއާލައިންސްއަށް ހިދުމަތް ދޭން މިއަދު ފަށައިފިއެވެ.

މި ހިދުމަތް ފެށުން ފާހަގަކުރުމަށް އާ ޓާމިނަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ އެއާލައިންސް އޮޕަރޭޓާސް ކޮމިޓީގެ ޗެއާމަން މުނާޒް އަލީއެވެ. ރަސްމިއްޔާތުގައި ޔޫއެސް-ބަންގްލާގެ ސްޓޭޝަން މެނޭޖަރު ޒަހިދުލް އިސްލާމް އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވިއެވެ.

ރަސްމިއްޔާތުގައި ޔޫއެސް-ބަންގްލާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުން ދަތުރުކުރި 108 ފަސިންޖަރުންނަށް ހަދިޔާ ދީފައިވެއެވެ. އާ ޓާމިނަލަށް ކައިރިކުރި ފުރަތަމަ ފްލައިޓް BS337 އިން ރާއްޖެ އައި 176 ފަސިންޖަރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާ ކިޔައިދީފައިވެއެވެ.

ބަންގްލަދޭޝްގެ އެންމެ ބޮޑު ޕްރައިވެޓް އެއާލައިނަކީ ޔޫއެސް-ބަންގްލާއެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ގައެވެ. ޔޫއެސް-ބަންގްލާ އާއެކު އާ ޓާމިނަލުން ހިދުމަތް ދޭ އެއާލައިންތަކުގެ އަދަދު މިހާރު 20 އަށް އިތުރުވެއްޖެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.