ހައިވޭގައި އޯވަޓޭކް ކުރަން އުޅުނު ދެ ކާރު ޖެހި އެކްސިޑެންޓް ވެއްޖެ

ހައިވޭގައި އޯވަޓޭކް ކުރަން އުޅުނު ދެ ކާރު ޖެހި އެކްސިޑެންޓް ވެއްޖެ

Author
ޙަސަން މުޙައްމަދު
01 ނޮވެމްބަރ 2025 10:22
0

މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވާ ހައިވޭގައި މިއަދު ހަވީރު ދެ ކާރު ޖެހި ބޮޑު އެކްސިޑެންޓެއް ހިނގައިފިއެވެ.

ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގައި މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 4:00 ޖަހާކަން ހާއިރުއެވެ. އެއް އުޅަނދަކުން އަނެއް އުޅަނދު އޯވަޓޭކް ކުރަން މަސައްކަތް ކުރުމުގެ ތެރޭގައި ދެ އުޅަނދު ޖެހި އެކްސިޑެންޓް ހިނގި ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބުނު ނަމަވެސް ޖެހުނު ދެ ކާރަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.