ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށަން ނިންމައި، އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް ހައުސިން ޑެވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން އަންގައިފިއެވެ. މި މަހުގެ 6 ވަނަ ދުވަހުގެ މެދު ރޭ 12:00 ގެ ކުރިން އެ ސަރަހައްދުން އުޅަނދުތައް ނެގުމަށް އެޗްޑީސީން ބުނެފައިވާއިރު، އެ ކޯޕަރޭޝަނުން ނެރުނު ބަޔާނުގައި ހިމަނާފައިވާ ޗާޓުގައި ކަނޑައަޅާފައިވާ ސަރަހައްދުގެ އުޅަނދުތައް ނެގުމަށް އަންގާއިފިއެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި މި ސަރަހައްދުން ނަގާ އުޅަނދުތައް އެހެން ތަންތަނުގައި އެޅުމުގެ ފުރުސަތު ހަމަޖައްސައިދޭނެއެވެ. މި މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރާކަމަށް އެޗްޑީސީން ބުނެފައިވެއެވެ. މި ވަގުތު ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ، ކަރަންޓް އަދި މަގު ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާއިރު، މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި ސަރަހައްދުން ގޯތި ލިބޭ ފަރާތްތަކަށް އިމާރާތް ޑިޒައިންކޮށް ވަގުތުން އިމާރާތްކުރުމުގެ ހުއްދަ ދެމުން ގެންދާނެކަމަށް ވިދާޅުވެފައެވެ. ހުޅުމާލެ ފޭސް 3 ގެ ފުރަތަމަ ބައިގެ 10 ހެކްޓަރު ބިން ހިއްކުން ވަނީ ނިމިފައެވެ.
ކޮމެންޓު ފޮނުވާ