އަންނަ އަހަރަށް ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓަކީ މި އަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޓރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މަޖިލީހަށް ބަޖެޓު ހުށަހެޅުމާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ބަޖެޓުގައި ހިމެނޭ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ހަރަދު ނުލައި ބަލާނަމަ 2026 ގެ ބަޖެޓަކީ 55 ބިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން މިއީ މިހިނގާ 2025 ގެ 56.6 ބިލިއަން ރުފިޔާގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
އަންނަ އަހަރު ހަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިއަން ރުފިޔާ ކަމަށް ބަޖެޓުގައި ހިމަނާފައިވާއިރު، ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވެނީ 40.4 ބިލިއަން ރުފިޔާ އެވެ.
ކޮމެންޓު ފޮނުވާ